ޤައުމެއްގެ ނިސްބަތުން ބަލާއިރު އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަޤާފީ ސިޔާދަތު އެތައް ގުނައަކަށް މަތިވެގެންދާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން 2025 ވަނައަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައެވެ.

މި ޖަލްސާ އޮތީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވީ ހޮނިހިރު ދުވަހުގެ ރޭ، ހުޅުމާލޭ ޞަލާޙުއްދީނު އިސްކޫލުގައެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއް ނޫން ނަމަވެސް، މިފަހަރު އެކަން އިޞްލާޙުކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހި ތާނައަކީ ދިވެހިންގެ ފަޚުރެއްކަމާއި، އަމިއްލަ ބަހެއްގެ އިތުރުން އަމިއްލަ އަކުރެއް އޮތުމަކީ ޤައުމެއްގެ ސަޤާފީ ސިޔާދަތު މަތިކޮށްދޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން މި މުބާރާތް ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ ޤައުމީ ބޮޑު، މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދަވަން ނިންމަވާފައިވާކަން ވެސް ރައީސް އިޢުލާންކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް