މުޅި ދުނިޔެއިން އެންމެ ގިނައިން އާމްދަނީ ހޯދި ހިންދީ ފިލްމުތަކުގެ ލިސްޓުގެ ޓޮޕް 10 އިން ޖާގަ ކަށަވަރުކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގުގެ ފިލްމު "ދުރަންދަރު" ތާރީހުގައި ރަސްމީކޮށް އޭގެ މަގާމު ކަށަވަރު ކޮށްފިއެވެ.
ރަންވީރުގެ މި ފިލްމުން ވަނީ ހިންދީ ސިނަމާއިން މިހާތަނަށް އުފައްދާފައިވާ އެންމެ މަޝްހޫރު އަދި ސަގާފީ ގޮތުން މުހިންމު ބްލޮކްބަސްޓަރ ފިލްމުތަކުގެ ތެރެއިން ޖާގަ ހޯދާފައެވެ.
މުޅި ދުނިޔެއިން ލިބުނު އާމްދަނީއަށް ބަލާއިރު، މިހާރު "ދުރަންދަރު" އަށް ވަނީ މުޅިއެކު 751.98 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.
މިހާރު މި ފިލްމު އޮތީ އެންމެ މަތިން އާމްދަނީ ލިބުނު ހިންދީ ފިލްމުތަކުގެ ލިސްޓުގެ 10 ވަނައިގައި ނަމަވެސް، "ޕީކޭ" އަށްވުރެ މަތިން އާމްދަނީ ހޯދައި ލިސްޓުގެ އެއަށްވުތެ ކުރިންވެސް ޖާގަ ހޯދަފާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުތަކުގެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ 1968.03 ކްރޯޑް ރުފިޔާއާއެކު، މިސާލެއް ނުދައްކާފަދަ ބޮޑު ކާމިޔާބީއެއް ހޯދި "ދަންގަލް" އެވެ. އޭގެ ފަހަތުން 1148.32 ކްރޯޑް ރުފިޔާއާއެކު "ޖަވާން" އާއި 1050.3 ކްރޯޑް ރުފިޔާއާއެކު "ޕަޓާން" ވެސް ހިމެނެއެވެ. މީގެ އިތުރުން ބަޖްރަންގީ ބާއީޖާން، އެނިމަލް، ސީކްރެޓް ސުޕަރސްޓާރ، އަދި ސްޓްރީ 2 ފަދަ ފިލްމުތައް މި ޗާޓުގެ މަތީގައި އަދިވެސް ވާކަން ފާހަގަކޮށްލެވެއެވެ.
މުޅި ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުތަކުގެ ތެރޭގައި "ދުރަންދަރު" ހިމެނުމަކީ، ހަމައެކަނި ވިޔަފާރީގެ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ އެ ފިލްމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިފައިވާ ތަރުހީބުގެ ދަލީލެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު