އިމްރާން ހާޝްމީ-
އިމްރާން ހާޝްމީ-
ފިލްމު ސެޓެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސާޖަރީއެއް ހެދުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ އަނެއްކާވެސް މަސައްކަތަށް ނުކުމެއްޖެއެވެ.

އިމްރާން އަަށް އަނިޔާ ލިބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އާވާރާޕަން 2" ގެ އެކްޝަން ސީކުއެންސެއް ޝޫޓު ކުރަމުން ދަނިކޮށެވެ. އެގޮތުން އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ބަނޑުގެ ޓީޝޫތަކަކަށް ގެއްލުންވެ، ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ މަސައްކަތުން ބްރޭކެއް ނަގާފައެވެ.

ނަމަވެސް މިހާރު އޭނާ ވަނީ ސާޖަރީއަށް ފަހު އަނެއްކާވެސް "އާވާރާޕަން 2" ގެ ޝޫޓިން އެނބުރި ފަށާފައެވެ. ނަމަވެސް އޭނާގެ ޝޫޓުތައް ކުރިއަށް ގެންދަނީ ވަރަށްވެސް ސުޕަވައިޒް ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މާ ބޮޑަށް ހެލިފެލިވެ އުޅެން ޖެހޭ ނުވަތަ ހަރަކާތް ކުރަން ޖެހޭ ފަދަ ޝޫޓުތައް މިހާރު ކުރިއަށް ނުގެންދާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "އާވާރާޕަން 2" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރިލް 3 ގައެވެ.



ކިޔުންތެރިންގެ ހިޔާލު