މަސްޖިދުލްއީމާން
މަސްޖިދުލްއީމާން
ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރާތްކުރި، "މަސްޖިދުލްއީމާން" މިއަދު ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މަސްޖިދުލް އީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައި ކަމަށެވެ. އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު، އިމާމުވެ ކުރެއްވީ ޒުވާން ޚަތީބު އަލް ހާފިޒު އުވައިސް ބިން އިނާޒެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ 1200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ. ތިން ފަންގިފިލާ ހުންނަ އެ މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިި ބިނާކުރި މިސްކިތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި މިސްކިތުގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރެވުނު މަސްޖިދުއްރައްޔާން ވެސް މިއަދު ވަނީ ހުޅުވައިފައެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި 500 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.



ކިޔުންތެރިންގެ ހިޔާލު