އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ 2" އިން ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާން ފެނިދާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައި މިވަނީ އެ ފިލްމުގެ ރޯލަކުން ފެނިގެންދާ މިތުން ޗަކްރަބަތީ ދެއްކި ވާހަކަތަކަކާ ގުޅިގެންނެނެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާވަނީ
ބޮލީވުޑްގެ މެގަސްޓާރަކު "ޖެއިލާ 2" އިން ފެންނާނެ ކަމަށް ބުނެފައެވެ. އަދި އެއީ ޝާހުރުކް ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ކޮށްފައެވެ.
މިގޮތަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދިޔަ ނަމަވެސް، ފިލްމުގެ ޓީމުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
"ޖެއިލާ 2" އަކީ 2023 ވަނަ އަހަރު ނެރުނު "ޖެއިލާ" ގެ ސީކުއެލް އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖޫން މަހުގައެވެ.
މި ފިލްމުން ޝާހުރުކް ފެންނާނެކަމުގެ އަޑުތަކެއް ފެތުރިފައި ވާއިރު، ޝާހުރުކް މިހާރު މަސައްކަތް ކުރަމުންދަނީ އަ
ންނަނީ އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެކްޝަން ތުރިލާ "ކިންގް" ގައެވެ.

ކިޔުންތެރިންގެ ހިޔާލު