ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ބެޓަލް އޮފް ގަލްވާން" ގެ ޓީޒާރ ދައްކާލައިފިއެވެ.
މި ފިލްމުގެ ޓީޒަރު އާންމުކޮށްފައި ވަނީ ސަލްމާންގެ 60 ވަނަ އުފަންދުވަހާ ގުޅުވައިގެން އިއްޔެއެވެ. ޓީޒަރުގައު
ސަލްމާން ފެނިގެންފަނީ ވަރަށް ވަރުގަދަ ފައުޖީއެއްގެ ގޮތުގައެވެ.
އަޕޫރްވާ ލާކިއާ ޑައިރެކްޓު ކުރާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ތަރިން ފެނިގެން ދާނެއެވެ.
ދާދި ފަހުން ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ، "ބެޓަލް އޮފް ގަލްވާން" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ އަދި، އެންމެ ފިޒިކަލީ ޑިމާންޑިން ފިލްމު ކަމަށް ބުނެފައެވެ.
ސަލްމާން ޚާން ފިލްމްސް ބެނާރ ގެ ދަށުން އުފައްދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެޕްރިލް 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު