މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޯދި މައްސަލާގައި ހިމެނޭ ހަސަން އަޒުރާހުއަކީ ސްކޭމްގެ 27 މައްސަލައެއްގެ ތުހުމަތު އޮތް މީހެއްކަން އޭނާގެ ބަންދު އަމުރުން އެނގިއްޖެއެވެ.
މި މަހުގެ 7 ވަނަ ދުވަހު ހައްޔަރުކޮށް އިއްޔެ އަޒްރާޙުގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި މުއާމަލާތްކޮށްގެން އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހަސަން އަޒުރާހުގެ އިތުރުން އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލޭހިޔާ 1-16-03، އަހްމަދު ހައްސާން (33އ) އާއި ނ. މަނަދޫ، ވެށި، ހުސައިން ސަމާހު (33އ) އެވެ.
އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ، އަޒުރާހަކީ ގިނަ ބައެއްގެ މީސްމީޑިއާ އެކައުންޓްތައް ހެކްކޮށް، އެ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ ނަގަމުންދާ މީހެކެވެ. މިގޮތުން އޭނާއާ ގުޅުންހުރި މިފަދަ 27 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި 3 މީހުން ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައެވެ.
ފުލުހުން އިއްޔެ ކޯޓުގައި ބުނެފައިވަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު