ޢަދާލަތު ޕާޓީގެ ރައީސްގެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މަޖިލީހެއްގައި ދެއަހަރު އުޅުން ހިމަނައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
ޢަދާލަތުން ބުނީ، އެޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ 8ގެ 16:00 ކަމަށެވެ. އަދި އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށާއި، އެކަކަށްވުރެ ގިނަ މީހުން ވާދަކުރާނަމަ ޖެނުއަރީ 31، 2026 ގައި ރައީސަަކު އިންތިހާބުކުރަން އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ވޯޓެއް ނަގާނެ ކަމަށް އަދާލަތުން ބުނެފައިވެއެވެ.
ޢަދާލަތު ޕާޓީގެ ރައީސްކަމަށް ޝަރުތު ހަމަވާނީ، ޢާއްމު ޝަރުތުތަކުގެ އިތުރުން، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 (ދޭއް) އަހަރު އުޅެ، ޕާޓީގެ އުސޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހުންނާއި، އެމްކިއުއޭ ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށް، މަދުވެގެން 3 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ އެޕާޓީގެ ދަފްތަރުގައި، 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު