ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގުގެ ފުރަތަމަ ޒޮމްބީ ފިލްމު "ޕްރަލޭ" ގެ ބަތަލާއަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓު ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމުގެ ބަތަލާގެ ރޯލަކީ ވަރަށް ވަރުގަދަ ރޯލެއް ކަމަށާއި އެ ރޯލަށް ބޭނުން ވަނީ އާލިއާ ކަހަލަ މޮޅު ބަތަލާއެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެހެންވެ "ޕްރަލޭ" އަށް އޭނަ ގެންނަން އޭގެ ޓީމުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ޖޭ މެހެތާ ޑައިރެކްޓުކުރާ މި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެތެރޭގައެވެ.
މި ފިލްމަށް އާލިއާ ސޮއި ކޮށްފިނަމަ މިފިލްމުވެގެންދާނީ ރަންވީރާ އެކު އޭނާ ކުޅޭ ތިން ވަނަ ފިލްމަށެވެ. މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2023 ގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު