ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކުރިން ހިންގި މަރުޙަލާގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޝަރުތު ހަމަވާ 41 މީޑިއާ ހިމެނޭ ލިސްޓެއް މިހާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިވަގުތު މިނިސްޓްރީއަށް ލިބިފައި އޮތީ، މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މަޢުލޫމާތަށް މިހާރު ކޮމިޝަނުގެ ފަރާތުން އެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިމަސައްކަތް ފެށިއިރު، މިކަން ކުރަމުން ދިޔައީ އެ ވުޒާރާގެ ފަރާތުން ކަމަށެވެ. ނަމަވެސް ވުޒާރާގެ ފަރާތުން މިމަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މީޑިއާތަކުން ފާހަގަކޮށްފައިވާތީ އެކަން ޤަބޫލުކުރަށްވައި، މިނިސްޓްރީގެ ފަރާތުން ދެން މިކަން ހަވާލުކުރީ މީޑިއާ ކޮމިޝަނާއި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން މިކަމަށް ބޭނުންވާ އުސޫލު ޤާއިމް ކުރުމާއި، މީޑިއާތަކާއި ބައްދަލުކުރުމާއި، މައުލޫމާތު އެއްކުރުމާއި، މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމުގައި މިހާރު ވުޒާރާގެ ދައުރަކީ ހަމައެކަނި މެދުވެރިއެއްގެ ދައުރު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފްސީލްތައް ލިބުމާއެކު މީޑިއާތަކަށް ފައިސާ ދިނުމަށް މާލީ ވުޒާރާއަށް ފޮނުވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އަސްވާޑް މިހެން ވިދާޅުވެފައިވާއިރު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފައިިވާ މާކުސްތަކަށް ބަލާއިރު މިނިސްޓަރ އަސްވާޑު މީގެކުރިން ހިންގެވި ސަންގަށް 100 އިން 99 ޕޮއިންޓު ލިބިފައިވެއެވެ. އަދި ވަގުތު އޮންލައިންއަށް 98 ޕޮއިންޓު، ސަން އޮންލައިންއަށް 97 ޕޮއިންޓު، މިހާރު ނޫހަށް 94 ޕޮއިންޓު، އައިސް ޓީވީ އަށް 92 ޕޮއިންޓު، ވަން އޮންލައިންއަށް 91 ޕޮއިންޓު، ވީ ނިއުސްއަށް 86 ޕޮއިންޓް ދީފައިވެއެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، މީޑިއާތަކަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު