ސަރުކާރުން މީޑިއާތަކަށް މާލީ އެހީ ދޭން ނިންމީ ސަރުކާރުގެ ހަންފަތުރަން ނޫސްތަކަށް މަޖުބޫރު ކުރުވަން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިހެން ވިދާޅުވެފައި މިވަނީ 41 މީޑިއާއަކަށް މާލީ އެހީ ދޭން ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
މިކަމަށް އިޝާރާތް ކުރަށްވަމުން މީސްމީޑީއާގައި ހިއްސާކުރެއްވި މެސެޖުގައި ކުޑޫ ވިދާޅުވީ މިއީ ފާޅުގައި، ރޯމާދުވާލު، ސަރުކާރުގެ ނުފޫޒުގެ ދަށަށް މީޑިއާތައް ގެނެސް، ސަރުކާރުގެ ހަންފަތުރަން ނޫސްތަކަށް މަޖުބޫރު ކުރުވުމަށް، ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ، ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.
ކުޑޫ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ. އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތްއިރު އޭރު މާލީ އެހީއަށް ޝަރުތު ހަމަވީ އެންމެ 18 މީޑިއާއެވެ.
އެހެންވެ، އެ ޝަކުވާ ބޮޑުވެ އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
މީޑިއާ ކޮމިޝަނުން މިއަދު ބުނީ މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފައިިވާ މާކުސްތަކަށް ބަލާއިރު މިނިސްޓަރ އަސްވާޑު މީގެކުރިން ހިންގެވި ސަންގަށް 100 އިން 99 ޕޮއިންޓު ލިބިފައިވެއެވެ. އަދި ވަގުތު އޮންލައިންއަށް 98 ޕޮއިންޓު، ސަން އޮންލައިންއަށް 97 ޕޮއިންޓު، މިހާރު ނޫހަށް 94 ޕޮއިންޓު، އައިސް ޓީވީ އަށް 92 ޕޮއިންޓު، ވަން އޮންލައިންއަށް 91 ޕޮއިންޓު، ވީ ނިއުސްއަށް 86 ޕޮއިންޓް ދީފައިވެއެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު