އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާ صلى الله عليه وسلمއަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުންނެވެ. އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު އެންމެ ފުރަތަމަ ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައެވެ.
އެގޮތުން އިސްލާމީ ޙަޟާރަތުގެ އެންމެ ފުރިހަމަ މިސާލެއް ފެންނަން އޮތީ އަންދަލުސްގައެވެ. އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނެއެވެ. ބިން އާރާސްތުކުރުމާއި، ޢިލްމު އުނގެނުމަކީ މުސްލިމުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި އެޒަމާނުގެ މުސްލިމުން ޤަބޫލުކުރިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (طَلَبُ الْعِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ) މާނައީ: "ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވާ ކަމެކެވެ." ނަތީޖާއަކީ، މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުމެވެ.
އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށި އިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢިލްމީ ގޮތުން، ވަރަށް ވެސް ދަށް ފެންވަރެއްގައެވެ. އެ ތަނުގައި މުސްލިމުންގެ ވެރިކަން ގާއިމުވެ، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި، މުސްލިމުން ވެރިކަންކުރަމުން ދިޔަ އަންދަލުސްގެ ޤުރްޠުބާ ވިއެވެ. އޭރު ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ މަގުތައް ދިއްލައި އަލިކޮށްފައި ވެއެވެ. މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ރެއާއި ދުވާލު ފޯރިމެރުމަށް ފުލުހުންގެ ފައުޖުތައް ރުކުރުވައިލެވިފައި ވެއެވެ. ގޭބިސީތަކުގައި އުފެދޭ ކުނިތައް އަސްގާޑިޔާ ބޭނުންކޮށް ރަށުތެރެއިން ނެރެ ނައްތައިލެވެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ އެހެން ގައުމުތަކުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މީސްތަކުން އެ ތަނަށް ހިޖުރަކުރާން ފެށިއެވެ.
އިސްލާމް ދީނަކީ ޢިލްމު އުނގެނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ދީނެކެވެ. މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައި ފިކުރުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައި ވެއެވެ. ސޫރަތުލް ޣާޝިޔާގެ 17 ވަނަ އާޔަތުން 20 ވަނަ އާޔަތާ ހަމައަށް ހިމެނޭ އާޔަތްތަކުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ ١٧﴾ ﴿وَإِلَى السَّمَاءِ كَيْفَ رُفِعَتْ ١٨﴾ ﴿وَإِلَى الْجِبَالِ كَيْفَ نُصِبَتْ ١٩﴾ ﴿وَإِلَى الْأَرْضِ كَيْفَ سُطِحَتْ ٢٠﴾ މާނައީ: "ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީ ހެއްޔެވެ؟ އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީ ހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީ ހެއްޔެވެ؟"
މާތް ﷲ މި ފަދައިން އަމުރު ކުރަށްވައި އެންގެވުމާއި، ޢިލްމު އުނގެނުމަށް އެންގެވި އެންގެވުންތަކުގެ ސަބަބުން، މުސްލިމުން ޢިލްމު އުނގެނުމަކީ ވާޖިބެއް ކަމުގައި ދެކި ޢިލްމީ ތަފާތު ރޮނގުތަކުގައި ކުރިއަރައި ދިޔައީ، ހަލުވިކަމާއެކުގައެވެ. ނުހަނު ޅަ ޢުމުރުގައި ޤުރްއާނާއި ޙަދީޘް ޢިލްމު އުނގެނި، އޭގެ އިތުރަށް ދުންޔަވީ ޢިލްމުގެ ހޯދުންތަކަށް އެ ބޭކަލުން ވަގުތުތައް ހުސްކުރެއްވީ، އަމިއްލަ ވާޖިބެއްކަމުގައި ދެކިވަޑައިގެންނެވެ. މިއަދު އަހަރެމެންގެ ޙާލަތާ މެދު ވިސްނައިލާށެވެ! ހަމައެކަނި ދުންޔަވީ އެދުންތަކުގައި މަޝްޣޫލުވެ، ޣާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އަހަރެމެންގެ ތެރޭގައި އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެކެވެ.
-ނުނިމޭ-
(މަސްދަރު: 26 ޑިސެމްބަރ 2025ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު