މީޑިއާ ކޮމިޝަނުގެ ގާނޫނުން އެ ކޮމިޝަނަށް މަތިކޮށްފައި ނުވާ ޒިންމާތަކެއް އުފުލައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނަމަ، އެކަމުގެ ޒިންމާ ކޮމިޝަނުގެ މެންބަރުން ވަކިވަކިން ނަންގަވަން ޖެހޭނެ ކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އަނަސް ވިދާޅުވީ، ގާނޫނީ ގޮތުން މީޑިއާ ކޮމިޝަނަށް މަތިކޮށްފައި ނުވާ މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ބަޖެޓުން ފައިސާ ކަނޑައެޅުމާއި، އެގޮތަށް ފައިސާ ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"މީޑިއާ ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައި ނުވާ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އުފުލައި، ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބޭގޮތަށް ބައެއް ކަނޑައަޅައި، އެގޮތަށް އެ ފައިސާ ބަޖެޓުން ދޫކުރުމުގެ ޒިންމާ އެ ކޮމިޝަނުގެ މެންބަރުން ވަކިވަކިން ނަންގަވަން ޖެހޭނެ." އަނަސް ވިދާޅުވިއެވެ.
އަނަސް މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ހުށައެޅި ޖުމުލަ 57 މީޑިއާގެ ތެރެއިން 41 މީޑިއެއްގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އޭގެތެރެއިން 39 މީޑިއާ އަކަށް ފައިސާ ދިނުމަށް ނިންމާފައެވެ.
އެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.
މީޑިއާތަކަށް ފައިސާދިނުމުގެ ކަންކަން މީގެ ކުރިން ކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ފައިސާދޭނެ މީޑިއާތަކާއި ފައިސާދޭނެ އަދަދުތައް ކަނޑައެޅި ފަހުން ވަޒީރު އަސްވާޑުގެ މަސްލަޙަތު އޮންނަ މީޑިއާއަކަށް ގިނަ ޢަދަދަދެއްގެ ފައިސާ ލިބޭތީ، މީޑިއާތަކުގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ މަސައްކަތް ފަހުން ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ.

Media Commission qanoonuge dhashun e commission ah mathikoffaa nuvaa zimmaa eh masooliyyatheh ufulaa, dhaulathuge budgetun faisaage ehee libey gotheh/baeh kandaelhumaa e gothah e faisaa budgetun dhookurumuge zimmaa e commissionge memberun vaki vakin nangavan jeheyne!
— Anas Abdul Sattar (@anasabdulsattar) December 31, 2025
އަނަސް މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ހުށައެޅި ޖުމުލަ 57 މީޑިއާގެ ތެރެއިން 41 މީޑިއެއްގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އޭގެތެރެއިން 39 މީޑިއާ އަކަށް ފައިސާ ދިނުމަށް ނިންމާފައެވެ.
އެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.
މީޑިއާތަކަށް ފައިސާދިނުމުގެ ކަންކަން މީގެ ކުރިން ކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ފައިސާދޭނެ މީޑިއާތަކާއި ފައިސާދޭނެ އަދަދުތައް ކަނޑައެޅި ފަހުން ވަޒީރު އަސްވާޑުގެ މަސްލަޙަތު އޮންނަ މީޑިއާއަކަށް ގިނަ ޢަދަދަދެއްގެ ފައިސާ ލިބޭތީ، މީޑިއާތަކުގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ މަސައްކަތް ފަހުން ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު