ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)
މީޑިއާތަކަށް ދައުލަތުން ފައިސާ ބަހައިގެން އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) ވިދާޅުވެއްޖެއެވެ.

ކުޑޫ މިހެން ވިދާޅުވެފައި މިވަނީ 39 މީޑިއާއަކަށް މާލީ އެހީ ދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކުޑޫ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ފައިސާތަކެއް މީޑިއާތަކަށް ބެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭގެ ބަދަލުގައި މީޑިއާތަކުން ވިޔަފާރިކޮށްގެން އަމިއްލައަށް ހޯދާ ފައިސާއިން މީޑިއާ ހިންގޭނެ މަގުފަހި ކުރުން މުހިންމު ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި ދައުލަތުން ފައިސާ ބަހައިގެން އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަމުގެ ހެއްކަކީ ސިޔާސީ ޕާޓީތައް ކަމަށް ކުޑޫ ވަނީ ވިދާޅުވެއެވެ.



ކުޑޫގެ އިތުރުން މީޑިއާތަކަށް ފައިސާދޭ މައްސަލާގައި ސިޔާސީ ގިނަ ފަރާތްތަކުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

މީޑިއާ ކޮމިޝަނުން ބުނީ މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.

އޭގެތެރެއިން 39 މީޑިއާއަކަށް ފައިސާ ލިބޭއިރު، މިނިސްޓަރ އަސްވާޑު މީގެކުރިން ހިންގެވި ސަންގަށް 100 އިން 99 ޕޮއިންޓު ލިބިފައިވެއެވެ. އަދި ވަގުތު އޮންލައިންއަށް 98 ޕޮއިންޓު، ސަން އޮންލައިންއަށް 97 ޕޮއިންޓު، މިހާރު ނޫހަށް 94 ޕޮއިންޓު، އައިސް ޓީވީ އަށް 92 ޕޮއިންޓު، ވަން އޮންލައިންއަށް 91 ޕޮއިންޓު، ވީ ނިއުސްއަށް 86 ޕޮއިންޓް ދީފައިވެއެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު