ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) ދޭން އުޅެނީ ހާމަކަންބޮޑު އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި އެ މަސައްކަތް މިވަގުތަށް ހުއްޓާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެމްޖޭއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓް ދިނުމުގެ ނަމުގައި އުސޫލެއް ހަދައި، ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުންދާ މަސައްކަތް ހުއްޓާލަން އެޖަމިއްޔާ އިން ވަނީ މީޑިޔާ ކޮމިޝަނަށް ގޮވާލާފައެެވެ.
އެމްޖޭއޭއިން ބުނީ މީޑިއާ ގްރާންޓް ދިނުމުގެ މަސައްކަތް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އާ ހަވާލުވި ފަހުން މީޑިއާތަކުގެ ހިޔާލު ހޯދުމަށް ބޭއްވީ އެންމެ ބަައްދަލުވުމެއް ކަމަށާއި ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން މީޑިއާތަކަށް ފައިސާ ދޭން މަސައްކަތް ކުރުމުން ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ، އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާއެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަން އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނިގޮތުގައި މީޑިއާތަކަށް ޕޮއިންޓް ދިންގޮތް އާންމު ކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަން ކޮށްފައިވާކަމާ މެދު ޝަކުވާތައް ވެސް ބޮޑުވެފައި ކަމަށާއި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝައްކު އުފައްދަން އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ބަޖެޓުން ފައިސާ ދޭން ނިއްމީ ގަވައިދުން ނެރެމުންދާ ނޫހެއް ނުވަތަ މަޖައްލާއެއްކަން ކަށަވަރުކުރަން ކޮމިޝަނުން އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެއް ފަރާތެއް މަސްއޫލުވެރިކަމުގެ ދަށުން ހިންގާ ދެ މީޑިއާ އައުޓްލެޓަށް ވެސް ފައިސާ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިންސާފުވެރި ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މީގެއިތުރުން ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ އަސާސީ ހައްގުތަކަށް (ގަވާއިދުން މުސާރަ ދިނުން، ޕެންޝަން ދެމުން ދިޔުން ފަދަ ކަންކަމަށް) އިހުތިރާމްކުރާ މީޑިއާތަކަށް މީޑިއާ ގްރާންޓްގައި ބަލާފައި ނުވާތީ އެކަމާ ވެސް ހިތާމަކުރާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
އެމްޖޭއޭއިން ބުނީ ދައުލަތުން އަމިއްލަ މީޑިއާއަށް އެއްވެސް ބާވަތެއްގެ އިނާޔަތެއް ދޭންވާނީ އެ މީޑިއާއެއްގެ މަސައްކަތުގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާ ހެޔޮ އަސަރާއި އެ މީޑިއާއެއް ބަލައިގަނެފައިވާ މިންވަރު ނުވަތަ މަގުބޫލު މިންވަރަށް ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް މިވަގުތަކީ މާލީ ދަތިކަމުގެ ސަބަބުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުދެވި އިޖުތިމާއީ ސިއްހީ ނިޒާމުން އާންމުނަނަށް ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްކަމުން މިއީ މީޑިއާތަކަށް ދައުލަތުން ހިލޭ އެހީ ދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެމްޖޭއިން މިހެން ބުނެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ހުށައެޅި ޖުމުލަ 57 މީޑިއާގެ ތެރެއިން 41 މީޑިއެއްގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އޭގެތެރެއިން 39 މީޑިއާ އަކަށް ފައިސާ ދިނުމަށް ނިންމާފައެވެ. އެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.
މީޑިއާތަކަށް ފައިސާދިނުމުގެ ކަންކަން މީގެ ކުރިން ކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ފައިސާދޭނެ މީޑިއާތަކާއި ފައިސާދޭނެ އަދަދުތައް ކަނޑައެޅި ފަހުން ވަޒީރު އަސްވާޑުގެ މަސްލަޙަތު އޮންނަ މީޑިއާއަކަށް ގިނަ ޢަދަދަދެއްގެ ފައިސާ ލިބޭތީ، މީޑިއާތަކުގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ މަސައްކަތް ފަހުން ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ. ނަމަވެސް ފަހުން ޢާއްމު ކުރި ލިސްޓުންވެސް އެންމެ ގިނައިން ފައިސާ ލިބެނީ އަސްވާޑު ކުރިން ހިންގެވި މީޑިއާއަށެވެ.

ކިޔުންތެރިންގެ ހިޔާލު