މަސާޖް ޕާލާތައް ބަންދުކުރުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 96 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.
ރައީސް ޑރ. މުޢިއްޒު މީސްމިޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް މި ހިނގާ ޑިސެންބަރު 9 ވަނަ ދުވަހު ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ ތަންތަން ހިނގަމުންދަނީ އެ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުން ކަމަށާއި އެކަމަކީ ހިތާމަޔާ އެކީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. މީގެ ކުރިން ރައީސް ވިދާޅުވީ، އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ ހިންގަމުން ދިޔަ މީހުން އަމިއްލައަށް ކަމަށެވެ.
އޭގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި، ސަރުކާރުގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން 22 ވިޔަފާރިއެއް އަލުން ހުޅުވަން މިހާރު ވަނީ ހުއްދަދީފައެވެ.

ކިޔުންތެރިންގެ ހިޔާލު