މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެކެވެ. މީލާދީ ކަލަންޑަރުގެ ޑިސެމްބަރ 31 ވަނަ ދުވަހުގެ ރޭ 00:00 ގައި އިޙްތިފާލް ކުރާ މި ދުވަހަކީ ކުރިއަށް އޮތް އަހަރަށް މަރުޙަބާ ކިޔައި، ފާއިތުވެގެންދާ އަހަރަށް ވަދާޢު ކިޔާ ޙަފްލާތަކެކެވެ. އެހެންނަމަވެސް މި ދުވަސް ފާހަގަކުރުމުގައި އިސްލާމީ ނަޒަރަކުން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.
އިސްލާމްދީނުގައި ޝަރުޢީގޮތުން ފާހަގަކުރުމަށް ކަނޑައަޅާފައިވާ ދެ ޢީދު ފިޔަވައި އެހެން ޢީދުތަކާއި ފާހަގަކުރުންތަކުގައި ބައިވެރިވުމާމެދު ޢިލްމުވެރިން ތަފާތު ރައުޔުތައް ފާޅުކުރައްވާފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި ޢީދުލް ފިޠުރާއި ޢީދުލް އަޟްޙާ ފިޔަވައި އެހެން ޢީދެއް ނެތެވެ. މީލާދީ އާއަހަރު ފާހަގަ ކުރުމަކީ ޙަޤީޤަތުގައި ޢީސާގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ސަގާފަތާ ގުޅިފައިވާ ކަމެކެވެ. މިއީ ކްރިސްޓިއަން ދީނުގެ އާދަކާދައިގެ ތެރެއިން އައިސްފައިވާ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކުގެ ޚާއްޞަ ދުވަސްތައް ފާހަގަކުރުމަކީ ހުއްދަކަމެއް ނޫނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "މީހަކު އެބަޔަކާ އެއްގޮތްވެއްޖެނަމަ، އޭނާވެސް ވަނީ އެބައެއްގެ ތެރެއިންނެވެ." އެހެންނަމަވެސް، މީލާދީ އާއަހަރު ފާހަގަކުރުމުގެ ތެރޭގައި ދީނީގޮތުން މަނާކުރެވިފައިވާ ކަންތައްތައް ނުހިމެނޭނަމަ، އެއީ ހަމައެކަނި ޓައިމް މެޝަރމަންޓެއްގެ ގޮތުގައި ބަލައި، ހެޔޮ ނިޔަތުގައި ކުރާ ކަންތައްތަކަކީ ހުއްދަކަމެއް ކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
މިސާލަކަށް ވޭތުވެދިޔަ އަހަރުގައި ކުރެވިފައިވާ ކަންތައްތަކަށް ފިކުރުކޮށް، ކުރިއަށް އޮތް އަހަރަށް ރަނގަޅު ނިޔަތްތަކާއެކު ތައްޔާރުވެ އަމިއްލަ ނަފްސު މުރާޖަޢާކުރުމާއި، ޢާއިލީ ގުޅުން ބަދަހިކޮށް، ޢާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް އަހަރުގައި ދީނީ ޢިލްމު އުނގެނުމަށާއި، ޤުރުއާން ހިތުދަސްކުރުމަށް ރޭވުންތައް ރޭވުން ހިމެނެއެވެ.
ނަމަވެސް، މީލާދީ އާއަހަރު ފާހަގަކުރުމުގެ ނަމުގައި އިސްލާމީ ޝަރީޢަތާ ޚިލާފުވާ ކަންތައްތަކުން ދުރުހެލިވާން ޖެހެއެވެ. އެގޮތުން މިއުޒިކާއެކު އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ބާއްވާ ޝަރީޢަތުގައި މަނާކުރެވިފައިވާ ބާވަތުގެ ޑާންސް ޕާޓީތަކުގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. އަދި ނާމަޙްރަމުންނާ އެކުު ހުއްދަނޫން ގޮތްގޮތަށް އެކުވުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. ހަމައެއާއެކު އާއަހަރު ފާހަގަކުރުމުގެ ނަމުގައި ބޭކާރު ޚަރަދުތައްކޮށް އިސްރާފުކުރުން ހުއްދަވެގެން ނުވެއެވެ. އޭގެއިތުރުން މީލާދީ އާއަހަރަކީ ދީނީ ޝިޢާރެއްގެ ގޮތުގައި ބެލުމާއި، އެއާ ގުޅިގެން ދީނީ ޝިޢާރުތައް ފާހަގަކުރުން ހުއްދަވެގެން ނުވެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، މުސްލިމުންގެ މައިގަނޑު ކަލަންޑަރަކީ ހިޖުރީ ކަލަންޑަރެވެ. މިއީ ނަބިއްޔާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދުވަހުން ފެށިގެން ގުނާ ކަލަންޑަރެކެވެ. މުސްލިމުންގެ ޚާއްޞަ ދުވަސްތަކާއި އަޅުކަންތައް ގުނާ ހިސާބުކުރަނީ މި ކަލަންޑަރުންނެވެ. މީލާދީ ކަލަންޑަރަކީ މުސްލިމުން ދުނިޔަވީ ކަންކަމުގައި ބޭނުންކުރާ ކަލަންޑަރެއްކަމުގައި ވިޔަސް، މީލާދީ އާއަހަރު ފާހަގަކުރުމުގެ ގޮތުން ކުރާ ކަންތައްތަކުގައި އިސްލާމީ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފުނުވާނެ ގޮތަކަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ.
އަޅުގަނޑުމެން ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ޢަމަލުތައް ރަނގަޅުކޮށް، ތައުބާވެ، އަލުން ފެށުމުގެ ފުރުޞަތެއް ކަމުގައި ދެކެންޖެހެއެވެ. މީލާދީ އާއަހަރަކީ ހަމައެކަނި ކަލަންޑަރުގައި އަންނަ ބަދަލެއްކަމުގައި ބަލައި، އެދުވަހަށް ޚާއްޞަ ދީނީ މަޤާމެއްނުދީ، އެހެންނަމަވެސް އެދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަފްސު މުރާޖަޢާކޮށް، ކުރިއަށް އޮތް ދުވަސްތަކަށް ރަނގަޅު ރޭވުންތައް ރޭވުމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވިދާނެއެވެ.
މުސްލިމުން ކޮންމެ ކަމެއްގައިވެސް އެކަމުގެ ނިޔަތަށާއި، އެކަމުގައި ހިމެނޭ ކަންތައްތަކަށް ބަލައި، ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. މީލާދީ އާއަހަރު ފާހަގަކުރުމުގައިވެސް އިސްލާމީ އަޚްލާޤާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތަށް ޢަމަލުކުރުމަށް ސަމާލުވާން ޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ މުހިންމީ ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ޢަމަލުތައް ރަނގަޅުކޮށް، އަޅުކަން އިތުރުކޮށް، ހެޔޮކަންތައް ކުރުމުގެ ފުރުޞަތެއްގެ ގޮތުގައި ބޭނުންކުރުމެވެ. އަހަރެއް ނިމި، އާއަހަރެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ އާ ފުރުޞަތެއްގެ ގޮތުގައި ދެކި، އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ކުރަންޖެހެއެވެ.
އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެއް ޙަޤީޤަތަކީ، އިސްލާމްދީނުގައި ވަގުތަކީ ވަރަށް އަގުހުރި އެއްޗެއްކަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ދެނިޢުުމަތެއްގެ އަގު ގިނަ މީހުންނަށް ނޭނގެއެވެ. އެއީ ޞިއްޙަތާއި ވަގުތެވެ." އެހެންކަމުން، އަޅުގަނޑުމެންގެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކޮންމެ ދުވަހަކީވެސް އަޅުކަމާއި ހެޔޮ ޢަމަލުތައް އިތުރުކުރުމުގެ ދުވަހެއްކަމުގައި ހަދަންޖެހެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، މީލާދީ އާއަހަރު ފާހަގަކުރުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެގޮތުން މީލާދީ އާއަހަރަކީ ދީނީ ޝިޢާރެއް ނޫންކަން ހަނދާންކޮށް، އެއަށް ދީނީ މަޤާމެއް ނުދިނުމާއި، ވޭތުވެދިޔަ އަހަރުގައި ލިބުނު ނިޢުމަތްތަކަށް ކީރިތި الله އަށް ޝުކުރުކުރުމާއި، ވޭތުވެދިޔަ އަހަރުގައި ކުރެވުނު ފާފަތަކަށް ތައުބާވެ، ކުރިއަށް އޮތް އަހަރުގައި ފާފަތަކުން ދުރުހެލިވުމަށް އަޒުމު ކަނޑައެޅުން ހިމެނެއެވެ.
ޚުލާޞާކޮށް ބުނާނަމަ، މީލާދީ އާއަހަރު ފާހަގަކުރުމުގައި އިސްލާމީ އުޞޫލުތަކާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފުނުވާނެ ގޮތަކަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ. ދުޢާއަކީ އަޅުގަނޑުމެންނަކީ ކޮންމެ ކަމެއްގައިވެސް އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވެ، އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރާ ބައެއް ކަމުގައި ލެއްވުމެވެ.
ކީރިތި ރަސޫލާ ވަނީ މިއުއްމަތުގެ ތެރެއިން ބަޔަކުމީހުން މިދީނުގެ އަދާވާތްތެރިންނަށް ތަބާވާނޭކަން އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ޟައްބެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟". (ބުޚާރީ: 8/151، މުސްލިމް 4/2054)
ފަހެ، އިސްލާމްދީނުގައި މުސްލިމުން ފާހަގަކުރާނޭ ދުވަސްތަކެއްވަނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިއެވެ. މިއިން ދުވަހަކަށް އިތުރުކުރުމެއްވެސް އަދި އުނިކުރުމެއްވެސް އެއީ ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

ކިޔުންތެރިންގެ ހިޔާލު