(އިއްޔެގެ ޢަދަދާ ގުޅޭ)
އިސްލާމީ ޙަޟާރަތު ކުރިއަރައިގެން އައި ދުވަސްވަރު ބޭސްވެރިކަމުގެ ދާއިރާއިން މުސްލިމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާނަމަ، މި ޒަމާނުގެ ހަސްފަތާލުތައް ފަދައިން ތަންތަން ބިނާކުރެވި، އެ ތަންތަނަށް ބަލިމީހުން ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފެށީ، މުސްލިމުންނެވެ. ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ މުސްލިމު ޑޮކްޓަރުންނެވެ. މި ޒަމާނުގައި ސާޖަރީކުރާފަދައިން، ސާޖަރީކުރާން ފެށީ ވެސް ހަމަ މުސްލިމުންނެވެ.
ބޭސްވެރިކަމުގެ ދާއިރާގައި އެންމެ އަރައިހުންނެވި އެއް ޢިލްމުވެރިޔަކީ، مُحَمَّدُ بْنُ زَكَرِيَّا الرَّازِي އެވެ. އައްރާޒީގެ ޚިދުމަތްތަކުގެ ތެރޭގައި ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ބެލުމަށް މީޒާނެއް ހެއްދެވިއެވެ. މިއީ މިހާރު ވެސް ދުނިޔޭގެ ހުރިހައި ސައިންސުވެރީންގެ ކޮޓަރިތަކުގައި ވެސް ބޭނުންކުރެވޭ މީޒާނެކެވެ. ފާނަބަސަންދު ފަދަ ބަލިތަކާ ބެހޭ ގޮތުން ދިރާސާކުރައްވައި، ހޯދުންތައް ހޯއްދަވައި އެ ބަލިޖެހޭ ސަބަބާއި އެއިން ރައްކާތެރިވާނޭ ގޮތާއި ބަލީގެ ފަރުވާ ހޯއްދެވިއެވެ. ހަމަ އެހެންމެ މި މައުޟޫޢުގައި ފޮތެއް ލިޔުއްވައި ނެރުއްވިއެވެ. މި ފޮތަކީ އެތައް ޒަމާނެއް ވަންދެން ޔޫރަޕުގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދެވުނު ފޮތެއްވެސް މެއެވެ. ހަމަ އެހެންމެ، އެންމެ ފުރަތަމަ ދެވޭ އަވަސް ފަރުވާގެ އުސޫލު ކަނޑައެޅުއްވި ޢިލްމުވެރިއަކީ ވެސް ރާޒީއެވެ. ނަވާރަ ސަތޭކަ ތޭރަ ވަނަ އަހަރު، ލަންޑަނުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބޭސްވެރިކަމުގެ ކޮންފަރެންސުގައި ރާޒީގެ ޙަޔާތްޕުޅާއި ޢިލްމީ މަސައްކަތްޕުޅުތަކުގެ މައްޗަށް، އޭނާ ކުރެއްވި ތަޙުޤީޤުތަކާއި، އޭނާގެ ނަޒަރިއްޔާތަކުގެ މައްޗަށް ވާހަކަދެކެވުނެވެ. އަދި އޭނާއަކީ، ބޭސްވެރިކަމުގެ ފަންނުގެ އިމާމުކަމުގައި ޤަބޫލުކުރިއެވެ.
މި ދާއިރާގައި އިބުނު ސީނާއަކީ ވެސް ފުންނާބު އުސް ޢިލްމުވެރިއެކެވެ. ބޮޑެތި ބަލިތަކުން މީސްތަކުން ރައްކާތެރިކުރުމަށް އެކަހެރިކުރުން ނުވަތަ ކަރަންޓީނުކުރުމުގެ ޒަމާނީ އުސޫލުތައް އެކުލަވައިލެއްވީ އިބުނު ސީނާއެވެ. ބޭސްވެރިކަމާ ބެހޭ ގޮތުން ލިޔުއްވި ފޮތް "އަލްޤާނޫނު"އަކީ ބޭސްވެރިކަމާ ގުޅޭ ގޮތުން މި ޒަމާނުގެ ފޮތްތަކާ ދާދި އެއް ގޮތަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި އޭނާ ވިދާޅުވެފައިވަނީ ބަލިފެތުރެނީ އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ކުދިކުދި އެއްޗެހިތަކެއްގެ ޒަރިއްޔާއިން ކަމަށެވެ. މި ޒަމާނުގައި ޓެލެސްކޯޕުގެ އެހީގައި މިކަންވަނީ ކަށަވަރުކުރެވިފައެވެ. ޢިލްމުން ފުރިގެންވާ މި ފޮތަކީ ޔޫރަޕުގެ ބަސްތަކަށް ތަރުޖަމާކުރެވި، އެ ބައިމީހުންގެ ބޭސްވެރިކަން ކުރިއެރުވުމަށް ޓަކައި، ސަތާރަ ވަނަ ޤަރުނުގެ މެދާ ހަމަޔަށް، މުޅި ދުނިޔޭގައި ވެސް ބޭނުންކުރެވުނު ބޭސްވެރިކަމުގެ އެންމެ ބޮޑު މަރުޖިޢެވެ.
އިސްލާމީ ޢީލްމުވެރިން ބޭސްވެރިކަމުގެ ދާއިރާއިން ކޮށްދެއްވި އަގުނުކުރެވޭނޭ ޚިދުމަތްތަކަކީ އެ ކަންކަމާ މެދު ފުންކޮށް ވިސްނައިލުމުން ބަޔަކަށް އޭގެ ޒަރީޢާއިން މަންފާ ހުރި، މުޖުތަމަޢު ބިނާކުރުމަށް ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް ފެންނާނެ ޚިދުމަތްތަކެކެވެ.
މުސްލިމު ޢިލްމުވެރީން ކުރެ އިބްނުލްހައިޘަމަކީ ވެސް އިންޖިނޭރުކަމުގައި ފާހަގަކޮށްލެވޭ މޮޅު ޢިލްމުވެރިއެކެވެ. ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އައްޔާއި ލޮލާ ބެހޭ ގޮތުން ހޯއްދެވި ހޯދުންތަކުގައެވެ. ކުރީގެ ޢިލްމުވެރީން ޤަބޫލުކުރި ގޮތުގައި ލޮލަށް ތަކެތި ފެންނަނީ ލޮލުން އަލީގެ ދޯދިތަކެއް ނުކުމެގެން ގޮސް އެއްޗިއްސަށް އެޅުމުންނެވެ. ނަމަވެސް އިބްނުލްހައިޘަމް އެކަން ދޮގުކުރެއްވިއެވެ. އަދި އެއްޗަކަށް އައްޔެއް އެޅިއްޖެ ނަމަ އެ ދޯދިތައް އޭގައި ޖެހި އަނބުރާ އަންނަކަން ސާބިތުކޮށްދެއްވިއެވެ. އަހަރެމެންގެ ލޮލަށް ފެންނަނީ އެ ދޯދިތައް ލޮލަށް އެޅުމުންކަމުގައި ބަޔާންކުރެއްވިއެވެ. މި ޒަމާނުގެ ސައިންސުވެރީން ކެމެރާ އުފައްދައިފައިވަނީ އިބުނުލްހައިޘަމުގެ މި ނަޒަރިއްޔާގެ މައްޗަށް ބިނާކުރަށްވައެވެ. އިބްނުލްހައިޘަމުގެ ފޮތްތަކުގެ ތެރެއިން މިހާރު ފެންނާން ހުރީ ތަރުޖަމާކުރެވި ޔޫރަޕުގެ ތަންތާގައި ކިޔަވައިދެވޭ މަދު ފޮތްކޮޅެކެވެ.
ހިސާބު ޢިލްމަށް ބަލާއިރު، އަލްޚަވާރިޒްމީއަކީ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެކެވެ. ޖިއޮމެޓްރީގެ އިތުރަށް، އަލްޖިބުރާ އުފަންކުރި ޢިލްމުވެރިއަކީ އަލްޚުވާރިޒަމީއެވެ. ޢިލްމުލްޙިސާބުގެ ނަމުގައި ޖިއޮމެޓްރީ ފޮތެއް ލިޔުއްވިއެވެ. އެއީ ނުހަނު ފުރިހަމަ ފޮތެކެވެ. އަދި އަލްޖަބްރު ވަލްމުޤާބަލާގެ ނަމުގައި ލިޔުއްވި ފޮތަކީ އަލްޖަބުރާގެ ފެށުމެވެ. މި ފޮތުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދު ވެސް އިސްކޫލުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޤަވާއިދުތަކެކެވެ. މިއަދު ތަރައްޤީގެ އެންމެ އުހުގައި ތިބިކަމަށް ބުނެވޭ ޔޫރަޕު، އޭރު އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. މާ ބޮޑު ތަޢުލީމެއް ނެތް ބަޔެއްގެ ގޮތުގައެވެ. ސާދަވަނަ ޤަރުނާ ހަމައަށް ޔޫރަޕު މީހުން ހިސާބު ޖަހާން ބޭނުންކުރީ ރޯމަން އަކުރެވެ. އެ މީހުންނަށް މިހާރު މި ބޭނުންކުރާ ހިސާބު އަކުރުތައް އެނގުނީ ވެސް ނުވަ ވަނަ ޤަރުނުގެ ޢިލްމުވެރިޔާ ޚުވާރިޒަމީގެ ފޮތް ފެނުމުންނެވެ.
އިސްލާމީ ޙަޟާރަތު ކުރިއަރައިގެން ދިޔަ ދުވަސްވަރު މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެންނެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރި ވެގެންނެވެ. އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންނެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތް ކުރުމުވެ.
-ނިމުނީ-
(މަސްދަރު: 26 ޑިސެމްބަރ 2025ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު