އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައިވަނީ ވަކި މުއްދަތަކަށެވެ. ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެކެވެ. ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެކެވެ. މިއީ އެއްވެސް މީހަކަށް އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. އެހެންކަމުން، އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ އެންމެ މުހިންމު ކަމެވެ. މާތް الله ވަޙީކުރެއްވި އާޔަތެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށް ކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީހެއްޔެވެ؟" އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތީން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللهގެ وعدފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"
ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް އަހަރެމެންގެ ކުރިމަތީގައި އެބަ އޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. މި އިމްތިޙާނަކީ ދެވަނަ ފުރުޞަތެއް ނޯންނާނޭ، ވަރަށް ވެސް ނާމާން އިމްތިޙާނެކެވެ. މިއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ ކަމެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރީންނާއި ރައްޔިތުންނެވެ. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމު ހެއްޔެވެ؟ އެ އިމްތިޙާނުގައި އެހީވެދޭނޭ އެއްވެސް މަޚްލޫޤަކު ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތް ނުވެވިގެންނެވެ. މާތް الله ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނޭ ކަމެއް އެ ދުވަހުން ވެއެވެ."
މަރުގެ ވަގުތު އައިސް ޖެހުމުން، އެކަމަށް ލަހެއް ފަހެއް ނެތި އިޖާބަދޭން ޖެހެއެވެ. އެއަށްފަހު، އަލުން ދިރުއްވައި މަޙުޝަރު ކުރެއްވުމާ ހަމަޔަށް އިންސާނާ އޮންނާނީ ކަށްވަޅުގެ ޢާލަމުގައެވެ. މަޙުޝަރު ކުރެއްވޭ ދުވަހަކީ އިންތިހާއަށް ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުގައި، އެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ހުއްޓި ތިބޭން ޖެހޭނެއެވެ. ނަމަވެސް، އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ކަމަކަށް ހެދުމުގެ އިޚްތިޔާރު، މިއަދު އަހަރެމެންގެ އަތްމަތީގައި އެބައޮތެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ދިގު ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ކުރު ވަގުތުކޮޅެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (يَوْمُ الْقِيَامَةِ عَلَى الْمُؤْمِنِيْنَ كَقَدْرِ مَا بَيْنَ الظُّهُرِ وَالْعَصْرِ) މާނައީ: "ޤިޔާމަތްދުވަސް މުއުމިނުންނަށްވާހުށީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދައިންނެވެ." މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އެ ދުވަހުން ހަމަޖެހި ތިބޭ ތަނުގެ ގޮތުން، ސުވަރުގޭގެ أهلވެރީން ހެޔޮކަން ބޮޑެވެ. އަދި އަރާމުކުރާން ތިބޭ ތަނުގެ ގޮތުން ވެސް ރަނގަޅުކަން ބޮޑުމެއެވެ."
އަނެއްކޮޅުން، މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ މީހުންނަށް އެ ދުވަހު އޮތީ ބޮޑުވެގެންވާ ހިތްދަތިކަމެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި كافرންގެ މައްޗަށް ދަތިކަންބޮޑު ދުވަހެއްކަމުގައި އެ ދުވަސްވެއެވެ." އެ ދުވަހުގެ ހޫނުގަދަކަމާއި ބިރުވެރިކަމުގެ ބޮޑުކަމުން، މީހުން ދަލުގެ ތެރެއަށް ގެނބިގެންދާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (يَوْمَ يَقُوْمُ النَّاسُ لِرَبِّ الْعَالَمِيْنَ، حَتَّى يَغِيْبَ أَހَدُهُمْ فِيْ رَشْحِهِ إِلَى أَنْصَافِ أُذُنَيْهِ) މާނައީ: "މީސްތަކުން (މަޙުޝަރުގެ މައިދާނުގައި) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަހު އެ މީހުން ކުރެ ބައެއް މީހުން އެއުރެންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ކަންފަތުގެ މެދާ ހަމަޔަށް ދާންދެން ގެނބިފައި ތިބޭހުށްޓެވެ."
ޙަޤީޤަތުގައި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވަނީ، އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامةދުވަހުން، އަލުން ދިރުއްވައި محشرއަށް ފޮނުއްވާނެތެވެ." އެއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހިސާބު ބެއްލެވުމަށްޓަކައި އެންމެހައި މީސްތަކުން قائمވެ ތިބޭނޭ ދުވަހެވެ. އެއީ ޢަދުލު އިންސާފުގެ ތިލަފަތުން ހުރިހާ ކަމެއް ނިންމަވާނޭ ދުވަހެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "تقوىވެރީން، رحمنވަންތަ ރަސްކަލާނގެ حضرةއަށް (عزّةތެރި) وفدއެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާ ދިމާޔަށްދާ ފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރީން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ." އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެ ބިރުވެރި ދުވަހުން ސަލާމަތްވުމަށްޓަކައި، މިއަދުން މިއަދަށް ތައުބާވެ ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭ ބަޔަކަށް ވާންޖެހެއެވެ.
(މަސްދަރު: 02 ޖެނުއަރީ 2026ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު