ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތް ކުރުމަކީ ކޮންމެ އެކްޓަރެއްގެވެސް ހުވަފެނެއް ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.
ވިކީ މިހެން ބުނެފައިވަނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކުރި "ލަވް އެންޑް ވާ" ގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެެވެ.
އެގޮތުން އޭނާ ބުނީ ފިލްމީ ކެރިއަރުގައި އެއް ފަހަރު ނަަމަވެސް ސަންޖޭއާއެކު މަސައްކަތް ކުރުމަކީ ކޮންމެ އެކްޓަރެއްގެވެސް "ބަކެޓް ލިސްޓުގައި" ހިމެނޭ ކަމެއް ކަމަަށެވެ.
އޭނާ ބުނީ އޭނާއަށް އަބަދުވެސް ސަންޖޭގެ ފިލްމުތައް ވަރަށް ބޮޑަށް ކަމުދާ ކަމަށާއި، ސަންޖޭއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. ހަމައެއާއެކު "ލަވް އެންޑް ވޯ" ގައި ރަންބީރު އާއި އާލިޔާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީވެސް ވަރަށް އުފާވާ ކަމެއް ކަމުގައި ވިކީ ވަނީ ބުނެފައެވެ.
މިހާރު ޝޫޓިން ކުރިއަށް ދާ މި ފިލްމު ނެރޭނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. މީގެ ކުރިން ފިލްމުގެ ޓީމުން ވަނީ މި ފިލްމު މިއަހަރުގެ އޮގަސްޓު މަހުގައި ނެރޭނެ ކަމަށް ބުނެފައެވެ. ބައެއް މީޑިއާތަކުން ފިލްމު ނެރޭ ދުވަސް އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުކުރިކަމުގައި ވީނަމަވެސް، ފިލްމުގެ ޓީމުން އަދި މިކަން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު