އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ރަޖްނީކާތުގެ ފިލްމު "ތަލައިވާރް 173" ޑައިރެކްޓުކުރާނީ ސިބީ ޗަކަރްވަރްތީ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމަކީ ކަމަލް ހާސަން އާއި އާރް މަހެންދުރަން ގުޅިގެން އުފައްދާ ފިލްމެކެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކުރަނީ ރާޖް ކަމަލް ފިލްމްސްގެ ބެނާގައެވެ.
މި ފިލްމުގެ މިއުޒިކް ކޮމްޕޯސް ކުރާނީ އަނިރުދް އެވެ. އޭނާ ކޮމްޕޯޒް ކޮށްފައިވާ ބައެއް ލަވަތަކުގެ ތެރޭގައި ވައި ދިސް ކޮލަވެރި ޑީ އާއި ޗަލެޔާ ފަދަ ލަވަތައް ހިމެނެއެވެ. އޭނާ ވަނީ މީގެ ކުރިންވެސް ރަޖްނީކާތުގެ ފިލްމުތަކަށް ލަވަތައް ކޮމްޕޯޒް ކޮށްފައެވެ.
"ތަލައިވާރް 173" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަން ހާމަކުރިނަމަވެސް މި ފިލްމާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އަދި ފިލްމުގެ ޓީމުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު