މަނީ ލޯންޑަރ ކުރުމުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެހީވުމުގެ ދައުވާ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، އެފްއޭއެމް އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން، ބައްސާމްގެ އަމިއްލަ ބޭނުމަށް އަމިން ކޮންސްޓްރަކްޝަންގެ "އަމިން އެވެނިއު" އިން ދެ ޕެންޓްހައުސް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ މަނީލޯންޑާ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.
މި މައްސަލާގައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު މާރުކުރުމަށް އެ ކުންފުނީގެ އެކައުންޓަށް ޖަމާވި ކަމަށް އަމިން ކޮންސްޓްރަކްޝަނުން އިންކާރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ފައިސާ އެފްއޭއެމްއާ ހަވާލުނުކޮށް، އެ ފައިސާއިން ބައްސާމް ދެ ޕެންޓްހައުސް ގަނެފައިވާކަމަށް އެކުންފުނިން ވަނީ އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، މާރުކުރުމަށް އެފްއޭއެމުން ޖަމާކުރި ޑޮލަރަށްވާވަރަށް ނަގުދު ފައިސާ، އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން އެނގޭ ކޭޝް ވައުޗާތަކެއް އަމިން ކޮންސްޓްރަކްޝަނުން ޝަރީޢަތަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި އެއީ ސައްހަނޫން ވައުޗާތަކެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ހެކިތަކަށް ރިއާޔަތްކޮށް، އެފައިސާ އަމިންގެ ފަރާތުން އެފްއޭއެމްއަށް ދިންކަމަށް ސާބިތުވާ ކަމަށް ޙުކުމުގައިވެއެވެ.
މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާގެ މައްޗަށް ޙުކުމެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އަދި ބައްސާމް ދިރިއުޅުނު އެޕާޓްމެންޓަކީ އެފްއޭއެމްގެ ފައިސާއިން ގަނެފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެތަން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު