މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓައި، އިޞްލާޙީ ބަދަލެއް ގެނެވޭނީ ވަކި ބަޔަކު ބާކީކުރުމުގެ ބަދަލުގައި އެންމެން އެކުގައި އަތްގުޅާލައިގެން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ މުޖުތަމަޢުގައި ފެތުރެމުންދާ އަޚްލާޤީ މައްސަލަތަކާއި، އެކަންކަމުގައި ދެޖިންސުގެ މީހުންގެ ޒިންމާތަކާ ގުޅޭގޮތުން މީސްމީޑިއާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޑރ. އިޔާޒް ވިދާޅުވީ،، ލަދުވެތިކަމަކީ ހަމައެކަނި ވަކި ޖިންސެއްގެ މީހުންގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ ހުރިހާ ފަރުދުންގެވެސް ޒިންމާއެއް ކަމަށެވެ.
އިސްލާމްދީނުގައި ކަންކަން ތަރުތީބުވެފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. އިޔާޒް ވިދާޅުވީ، ފިރިހެނުންނަށް އަމުރުވެވިގެންވަނީ އެމީހުންގެ ބެލުންތައް ތިރިކުރުމަށް ކަމަށާއި، ހަމައެއާއެކު އަންހެނުންނަށް އަމުރުވެވިގެންވަނީ ޢިއްފަތްތެރިކަމާއި ޙަޔާތްތެރިކަން އިސްކުރުމަށް ކަމަށެވެ. މުޖުތަމަޢު އިޞްލާޙުވެގެންދާނީ މިފަދަ މަތިވެރި އުޞޫލުތަކާއި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގައި އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މައްސަލަތަކުގެ ހައްލަކީ ފިރިހެނުން ގޭގައި ބަންދުވެގެން ތިބުން ކަމުގައި ވީނަމަ، އިސްލާމްދީނުގައި ނަޒަރުތައް ތިރިކުރުމަށް އަމުރުކުރައްވައި، އަންހެނުންގެ މައްޗަށް ޙިޖާބުވުން ފަރުޟު ނުކުރެއްވީހެވެ،" ޑރ. އިޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. އިޔާޒް ވިދާޅުވީ، އިސްލާމްދީން އަޚްލާޤީ މައްސަލަތަކަށް ހައްލު ހޯދައިދެނީ ހަމައެކަނި އެއް ފަރާތަކަށް އިނގިލި ދިއްކޮށް ކުށްވެރިކުރުމުގެ ބަދަލުގައި، ދެފަރާތުގެ މައްޗަށްވެސް ހަމަހަމަ އަދި އިންސާފުވެރި މަސްއޫލިއްޔަތުތަކެއް ކަނޑައަޅައިގެން ކަމަށެވެ.
މީގެއިތުރުން، ނިވާކަން ކުޑަ ހެދުން އަޅައިގެން ހުންނަ މީހާ ނިވާވުމަށް ބާރުއެޅުމުގެ ބަދަލުގައި، ފިރިހެނުން ފިލައިގެން ތިބުމަށް މަޖުބޫރުކުރުމަކީ ހަގީގަތް އޮޅުވާލުން ކަމަށް ޑރ. އިޔާޒް ސިފަކުރެއްވިއެވެ. އަދި އެއީ މިނިވަންކަމުގެ ދިފާއުގައި ކުރެވޭ ކަމެއް ނޫން ކަމަށާއި، އިސްލާމީ ޝަރީޢަތުގައި އެއްވެސް މީހަކު އެމީހެއްގެ މަސްއޫލިއްޔަތުން އިސްތިސްނާ ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. އިޔާޒްގެ ވާހަކަ ނިންމާލަމުން ފާހަގަކުރެއްވީ، ޝަރުޢީ ތަކުލީފުތަކުން ނުވަތަ ޒިންމާތަކުން ރެކިގަތުމަކީ ދުޅަހެޔޮ، ސަލާމަތްތެރި މުޖުތަމައެއް ބިނާކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް އޭނާ ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޑރ. އިޔާޒް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިމިވަނީ ސިވިލްސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާއިދަށް މިފަހުން ގެނެސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު