ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ނެގެހެއްޓުމަށް ފަނަރަ އަހަރު ދުވަހު ހުވާކޮށްގެން ހުންނެވުމަށްފަހު، އިސްލާމީ ރަހުމަތްތަކާއި އުޞޫލުތަކަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކެވުމަކީ ކުރި ހުވައަށް އިޚްލާޞްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވީ، އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ފިރިހެނުން ގޭގައި ތިބުން މާ ރަނގަޅުވާނެ ކަމަށް ރޮޒައިނާ އާދަމް ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތަށް ރޮޒައިނާ ވިދާޅުވެފައިވަނީ ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުމަށް މިފަހުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ހެޔޮ ވިސްނުން އިސްކުރުމަށް ގޮވާލައި ޑރ. އިޔާޒް މީސްމީޑިއާގައި ވިދާޅުވީ، މިފަދަ މައްސަލަތަކަކީ ފިރިހެނުން ނުވަތަ މުޖުތަމަޢެއްގެ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެއީ އެމީހަކު ކުރި ހުވައަށް ކިޔަމަންތެރިވުމުގައި ހުރި އިޚްލާޞްތެރިކަމެއް ނެތްކަމުގެ މައްސަލައެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"މުސްލިމް އުންމަތެއްގެ ވެރިކަމާ ހަވާލުވުމަށް އެދޭ މީހަކު ނުވަތަ ބަޔަކު، ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ މަތިވެރި އުޞޫލުތަކަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުކޮށް، އެ ޙުކުމްތަކަށް އިހާނެތިކޮށް ހިތާނަމަ، އެއީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އަޚުލާޤީ އަދި ފިކުރީ ޝަރުޠުތައް ފުރިހަމަވާ މީހެއް ނޫން." ޑރ. އިޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. އިޔާޒް ވިދާޅުވީ، ޤައުމުގެ އިސްލާމީ އަމިއްލަވަންތަކަމަށް އިޙުތިރާމް ކުރުމަކީ ހަމައެކަނި ސިޔާސީ ގޮތުން ނިންމާ އިޚުތިޔާރީ ނިންމުމެއް ނޫން ކަމަށާއި، އެއީ ދުސްތޫރީ ގޮތުންނާއި ދީނީ އަދި އަޚުލާޤީ ގޮތުން ކޮންމެހެން ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި މިކަންކަން ޤަބޫލުނުކުރާ މީހަކު ނުވަތަ ބަޔަކު، އިސްލާމީ މުޖުތަމަޢެއްގެ މައްޗަށް އަމިއްލަ ފިކުރުތައް މަޖުބޫރު ކުރުވުމުގެ ބަދަލުގައި، އެބަޔެއްގެ ފިކުރާ ގުޅޭ އެހެން މާޙައުލެއް ހޯދުމަކީ އެންމެ އައުލާކަން ބޮޑު ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ފަރާތްތަކަށް ފަންޑުކުރާ ފަރާތްތަކަށްވެސް މި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން އިޔާޒް ފާހަގަކުރެއްވިއެވެ. އެގޮތުން ދީން ރައްކާތެރި ކުރުމަކީ ހަރުކަށި ފިކުރު ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ގައުމީ ޒިންމާއެއް ކަމަށް އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މުޖުތަމައުގެ އަގީދާއާއި އަސާސްތަކަށް ބެލުމެއްނެތް ގޮތުގައި ކުރިއަށްގެންދާ ކޮންމެ ސިޔާސީ މަޝްރޫއަކީ، ބޭރުގެ ކިތަންމެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމުގައި ވިޔަސް، ނާކާމިޔާބުވާނެ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ސިވިލްސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާއިދަށް މިފަހުން ގެނެސްފައިވާ ބަދަލުތައް އުވާލުމަށް އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫޙުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު