ކުރީ ސަރުކާރުން ފްލެޓް އެޅުމަށް ހަމަޖައްސާފައި ހުރި ބިންތަކެއް މި ސަރުކާރުން ވިއްކާލާކަމުގެ ތުހުމަތެއް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ފެންމަތި ކުރަށްވައިފިއެވެ.
ފަހި ޔޫނިއަންއާއި އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމްތަކުގެ ގޮތުގައި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އިއުލާން ކުރެއްވުމަށްފަހު، އެ ސްކީމުތަކުގެ ދެވަނަ ފިޔަވައްސެއް ކުރިއަށްގެންދަވާނެކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އިޢުލާނު ކުރެއްވި ކަމަށެވެ.
އެގޮތުން އިންޑިއާގެ އެލްއޯސީގެ ދަށުން ފައިނޭންސް ހަމަޖައްސައި، ހަވާލުކުރި 7،000 ފުލެޓުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި، ދެވަނަ ސްކީމުގެ 8،000 ފުލެޓު އެޅުމަށް އެލޮކޭޓުކޮށްފައި ހުރި ހުރިހާ ބިންތަކެއްވެސް މި ސަރުކާރުން ވިއްކަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ކުރީ ސަރުކާރުގެ ފުރަތަމަ ސްކީމުގެ 7،000 ފުލެޓާއި ދެވަނަ ސްކީމުގެ 8،000 ފުލެޓު އެޅުމަށް އެލޮކޭޓުކޮށްފައި ހުރި ހުރިހާ ބިންތަކެއް ލަގްޒަރީ އެޕާޓުމަންޓު އެޅުމުގެ ގޮތުން ވިއްކާލުމަށް މި ސަރުކާރުން ނިންމާފައިވަނީ." ނޫރު ވިދާޅުވިއެވެ.
ނޫރު މިއަދު ވަނީ 8،000 ފުލެޓަށް ކުރިމަތިލި މީހުންގެ ފޯމުތައް އިވެލުއޭޓުކޮށް، ފުލެޓު ލިބޭ މީހުން ކަނޑައަޅައި ދިނުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ. އަދި ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކުގެ އެލްޔޫޕީ އަށް ބަދަލު ގެނެސްގެން ލަގްޒަރީ އެޕާޓުމަންޓުތައް ހެދުމަކީ، ރައްޔިތުންގެ އާދޭސްތައް ބޮލާލައި ޖެހުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ހަމައެއާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫނިއަންތަކުން ވަނީ، ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގިރާވަޅުފަޅާއި ގުޅީފަޅު ހިއްކުން އަވަސް ކުރުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު