ދިގު ބަންދަކަށްފަހު އާ ދިރާސީ އަހަރަކަށް ސްކޫލްތައް ހުޅުވޭ ދުވަސްވަރަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް ބުރަ، އެހެނަސް އުފާވެރި ދުވަސްވަރެކެވެ. އާ އަހަރަކަށް ތައްޔާރުވުމަކީ ހަމައެކަނި އާ ފޮތްތަކާއި ޔުނީފޯމް ހަމަކުރުމެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ތައްޔާރުވާންޖެހޭ ކަމެކެވެ. ރޭވުންތެރިކަމާއެކު ވެވޭ ތައްޔާރީތަކަކީ މުޅި އަހަރުގެ ކިޔެވުމަށް އޭގެ ހެޔޮ އަސަރު ކުއްޖާއަށް ފޯރުވައިދޭނެ ކަމެކެވެ.
ދިރާސީ އާ އަހަރަކަށް ތައްޔާރުވާއިރު ނިދުމާއި ހޭލުމުގެ އާދަތައް ކިޔަވައިދޭ ދުވަސްވަރާ އެއްގޮތަށް ބަދަލުކުރަން ޖެހެއެވެ. ބަންދު ދުވަސްވަރު ގިނަ ކުދިންނަށް އާދަވެފައި ހުންނަނީ ލަހުން ނިދާފައި ލަހުން ހޭލުމަށެވެ. އެހެންކަމުން، ސްކޫލް ހުޅުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ރޭގަނޑު އަވަހަށް ނިދާ، ހެނދުނު އަވަހަށް ހޭލަން އާދަކުރުމަކީ ސްކޫލުގެ ފުރަތަމަ ދުވަހު ތާޒާކަމާއެކު ސްކޫލަށް ދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ހެނދުނުގެ ނާސްތާ ގަޑިއަށް ބަރާބަރަށް ކެއުމުގެ އާދަވެސް މި ދުވަސްވަރު އަލުން އަށަގަންނުވަން ޖެހެއެވެ.
ކިޔަވަން ބޭނުންވާ ތަކެތި ހަމަކޮށް ތަރުތީބުކުރުމަކީވެސް ދިރާސީ އަހަރަށް ތައްޔާރު ވާއިރު ކުރަން ޖެހޭ ކަމެކެވެ. މީގެ ތެރޭގައި ސްކޫލް ޔުނީފޯމް، ބޫޓު، އިސްޓާކީނު ފަދަ ތަކެތި ހަމަކުރުމާއި، ފޮތްތަކުގައި މުގައްލަފު އަޅައި ނަންޖެހުން ހިމެނެއެވެ. މިތަކެތި ހަމަކޮށް ދަބަސް ތަރުތީބުކުރުމަކީ ފަހު ވަގުތު އުފުލަންޖެހޭ ހާސްކަމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު، ގޭގައި ފިލާވަޅު ދަސްކުރުމަށް ޚާއްޞަ މޭޒެއް ނުވަތަ ކަނެއް ތަރުތީބުކޮށް ސާފުކޮށް ބެލެހެއްޓުމަކީ ކުއްޖާ ކިޔެވުމަށް ހިތްޖެހި، ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ.
އާ އަހަރުގެ ކިޔެވުން ފެށޭއިރު، އާ އަހަރަށް އަމާޒުތަކެއް ކަނޑައެޅުމަކީވެސް މުހިންމު ކަމެކެވެ. ނިމިދިޔަ އަހަރު ކަންތައްތައް ދިޔަގޮތް މުރާޖަޢާކޮށް، މި އަހަރު ރަނގަޅު ކުރަންވީ ކަންތައްތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅަންވާނެއެވެ. ފިލާވަޅުތައް ދުރާލާ ކުޑަކޮށް ބަލާލުމަކީވެސް އާ މައުޟޫޢުތައް ދަސްކުރަން ފަސޭހަވާނެ ކަމެކެވެ. މީގެ އިތުރުން، އިސްލާމީ ރިވެތި އަދަބުތަކާއި އަޚުލާޤު ހިފެހެއްޓުމަށާއި، ވަގުތަށް އިހްތިރާމްކުރުމަށް އަޒުމް ކަނޑައެޅުމަކީ ކާމިޔާބީގެ އަސްލެވެ.
މިދެންނެވުނު ކަންތައްކަކަށް ސަމާލުކަންދީ ސްކޫލް ފެށުމުގެ ކުރިން ކުދިން ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ އެކަމަކީ ބެލެނިވެރިންނަށާއި ދަރިވަރަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމެކެވެ. ކުއްޖާ ސްކޫލަށްދިއުމުގެ ޝަޢުގުވެރިކަން އިތުރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު