ދަ ރާޖާސާބް ގެ ޕޯސްޓަރު
ދަ ރާޖާސާބް ގެ ޕޯސްޓަރު
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޕްރަބާސްގެ ފިލްމު "ދަ ރާޖާސާބް" ނިންމާލިއިރު، މި ފިލްމުގެ ސީކުއެލްއެއް އަންނާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ އިއުލާންކޮށްފައެވެ.

މި ފިލްމަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ޕްރަބާސްއާއެކު ސަންޖޭ ދަތު، މަލާވިކާ މޯހަނަން، ނިދީ އަގަރްވާލް އަދި ރިދީ ކުމާރު ފަދަ ތަރިން ވަނީ މަސައްކަތް ކޮށްފައެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައި ވަނީ ފިލްމު ނިންމާލިއިރު ބެލުންތެރިންނަށް 'ސަޕްރައިޒެއް' ދީފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ ފަހު ވަގުތުކޮޅުގައި، ފިލްމުގެ އުފެއްދުންތެރިން ވަނީ "ރާޖާ ސާބް 2: ސާކަސް 1935" އިއުލާން ކޮށްފައެވެ.

މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ދެވަނަ ބައި އިއުލާން ކުރުމުން ބެލުންތެރިން ތިބީ މީގެ ދެވަނަ ބަޔަކަށް ކެއްމަދުވެފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ރާޖާ ސާބްގެ ސީކުއެލްއެއް އިއުލާން ކުރިނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް ފިލްމުގެ ޓީމުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު