މަރްޔަމް ނަހްދާ ވަޙީދު   11 ޖެނުއަރީ 2026 - 3:1
އޯ ރޯމިއޯ ގެ ޕޯސްޓަރު-
އޯ ރޯމިއޯ ގެ ޕޯސްޓަރު-
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އޯ ރޯމިއޯ" ގެ ޓީޒާ ނެރެފިއެވެ.

މި ފިލްމުގައި ޝާހިދު ފެނިގެންދާނީ ވަރަށް ތަފާތު ވަރުގަދަ ރޯލަކުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އޯ، ރޯމިއޯ" ގެ ކާސްޓުންގެ ތެރޭގައި ޓްރިޕްތީ ދިމްރީ، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ނާނާ ޕަޓޭކަރް، ތަމަންނާ ބާޓިއާ، އަދި ފަރީދާ ޖަލާލު ހިމެނެއެވެ.

މި އެކްޝަން ތުރިލާ އަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ސާޖިދު ނަދިއަދުވާލާއެވެ.

"އޯ ރޯމިއޯ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 13 ގައެވެ.



ކިޔުންތެރިންގެ ހިޔާލު