މަރްޔަމް ނަހްދާ ވަޙީދު   12 ޖެނުއަރީ 2026 - 5:5
މަރްދާނީ 3 ގެ ޕޯސްޓަރު-
މަރްދާނީ 3 ގެ ޕޯސްޓަރު-
ބޮލީވުޑްގެ ނަންވިދާ ތަރި ރާނީ މުކަރްޖީގެ ކުރިއަށް އޮތް ފިލްމު "މަރްދާނީ 3" ނެރުން އަވަސްކޮށްފިއެވެ.

މިއީ ރާނީ ލީޑުން ފެނިގެންދާ 'މަރްދާނީ" ފްރެންޗައިސްގެ ތިން ވަނަ ފިލްމެވެ. ވައިއާރްއެފް އިން ގެނެސްދޭ މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަބިރާޖް މިނަވާލާ އެވެ.

މީގެ ކުރިން މި ފިލްމު ނެރުމަށް ނިންމީ އަންނަ ފެބްރުއަރީ މަހު 27 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ފިލްމު ނެރުން އަވަސްކޮށް، މިމަހު 30 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށް މީޑިއާަތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

'މަރުދާނީ 3' ގެ އިތުރުން ރާނީގެ އެހެން ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެއެވެ. އެއީ އަހަރުގެ ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އެވެ.



ކިޔުންތެރިންގެ ހިޔާލު