ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހު ރަޝީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޝަމާހަށް މައްޗަށް ތުހުމަތުވާގޮތަށް އޭސީސީއަށް ހުށައަޅާފައިވާ މައްސަލައެއް އެކޮމިޝަނުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.
ޝަމާހުގެ މައްސަލައެއް އޭސީސީއަށް ހުށައަޅާފައިވާއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަމާހު ސްޓެލްކޯގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުން ވަކިކޮށްފައި ވަނީ އިއްޔެއެވެ.
އޭނާ މަޤާމުން ވަކިކުރި ފަހުން އޭނާކަމަށް ބެލެވޭ މީހެއްގެ އޯޑިއޯ ރެކޯޑިންއެއް މީސްމީޑިއާގައި ދައުރުވާން ފަށާފައިވެއެވެ. ނަމަވެސް ޝަމާހުވަނީ އެ އޯޑިއޯ އަކީ އަސްލެއް ނޫންކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވެފައެވެ.
ހަމައެއާއެކު ޕީސީބީން އިއްޔެ ވަނީ، ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ޑރ. އަލީ އަޒްވަރު އަށް ޙަވާލު ކޮށްފައެވެ. އޭނާ މަގާމާ ހަވާލުވުމަށްފަހު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު ރަމީޒް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.
ޝަމާހު ސްޓެލްކޯއިން ވަކިކޮށްފައިވާއިރު، އޭނާ މީގެކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ. އަދި އެކުންފުނި ހިންގުމުގައިވެސް ގޯސްތަކެއް ހެދިކަމަށް ތުހުމަތު ކުރެވުމުން އޭނާ މަގާމުން ވަކިކުރީ މެއި 21، 2024 ގައެވެ. އޭގެ ފަހުން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސިޔާސީ މަޤާމެއްވެސް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު