މަރްޔަމް ނަހްދާ ވަޙީދު   14 ޖެނުއަރީ 2026 - 2:55
އަކްޝޭ ކުމާރު އާއި ރާނީ މުކަރްޖީ-
އަކްޝޭ ކުމާރު އާއި ރާނީ މުކަރްޖީ-
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރާނީ މުކަރްޖީ އާއި އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިއީ އަކްޝޭ އާއި ރާނީގެ ޖޯޑު އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މި ދެ ތަރިން އެކުގައި ފެނިގެންދާނީ އޯ މައި ގޯޑް (އޯއެމްއެމްޖީ) ފްރެންޗައިޒްގެ 3 ވަނަ ބައިންނެވެ. މި ފްރެންޗައިޒް އިން މީގެ ކުރިންވެސް އަކްޝޭ ވަނީ ފެނިފައެވެ.

'އޯ މައި ގޮޑެސް' ގެ ނަމުން ނަން ދެވިފައިވާ މި ޑައިރެކްޓުކުރާނީ އަމިތު ރާއީ އެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ 2027 ގައެވެ.



ކިޔުންތެރިންގެ ހިޔާލު