ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިބީ ދެރަވެ މޯޅިވެ ލަދުން އިސްޖަހައިގެން ހަދާނެގޮތް ހުސްވެފައި ކަމަށް އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް، ނަފާ، ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ މުސާރައިން އުނި ކުރުމަށްފަހު، އެފައިސާ މުވައްޒަފުންގެ ޕެންޝަން އެކައުންޓަށް ޖަމާނުކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަށްވަމުން ނަސީމް ވިދާޅުވީ، ކުންފުނިތަކުގެ ވެރިން ތިބީ، ދެރަވެމޯޅިވެ ލަދުން އިސްޖަހައިގެން ހަދާނެގޮތް ހުސްވެފައި ކަމަށެވެ. އަދި މުވައްޒަފުންގެ ޕެންޝަނަށް ޖަމާކުރާނެ ފައިސާ ނެތަސް ކަރަޕްޝަން ހިންގައި ވަޒީފާތައްދީ ލާރިކާންވުމުން ފައިސާ ހުންނަ ކަމަށް ނަސީމް ވިދާޅުވިއެވެ.
"ބިންހިއްކަން ލާރިހުރޭ. ކައުންސިލް އިންތިޚާބަށް އަނގަތައް ހުޅުވާގެން ތިބޭ.. ދަރިންނޭ ގައުމެއް ނެތް، ގައުމުގެ ދުވަސް ހިނގައްޖެ." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ވެމްކޯއިން ވަނީ މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ ކަމަށް އެއްބަސްވެފައެވެ. އެކުންފުނިން އެންމެފަހުން މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ދެއްކި ކަމަށް ޕެންޝަން އޮފީހުން ބުނެފައިވާ ތާރީޚަކީ 16 އޮކްޓޫބަރު 2024 އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެއެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ ދަނީ އުނިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު