ގިނަ ބައެއްގެ މެދުގައި މަގުބޫލު "ގޯލްމާލް" ފްރެންޗައިޒްގެ 5 ވަނަ ބައިގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ފަހުކޮޅު އެވެ.
މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފިލްމުގެ މައިގަނޑު ގިނަ މަންޒަރުތައް ނެގުމަށްޓަކައި މުމްބާއީގެ ފިލްމު ސިޓީގައި ސެޓްތަކެއް ބިނާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
ގޯލްމާލް' އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފްރެންޗައިޒެވެ.
މީގެ ކާސްޓުނެގް ތެރޭގައި އަޖޭގެ އިތުރުން އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭ އާއި، ކަރީނާ ކަޕޫރު އަދި ސާރާ އަލީ ޚާން ހިމެނެއެވެ. އަދި "ގޯލްމާލް" ގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުން ކަމަށްވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ ވެސް އާ ބައިގައި ހިމެނޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު