ދިވެހި ސިފައިންނާއި، ލަންކާ ސިފައިން އަދި އިންޑިއާ ސިފައިން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަށް އެރުމުން، އެ މަނަވަރު ފުންކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ އެރީ ހުދުވެލި ފަރަށެވެ.
އެމްއެންޑީއެފް އިން ބުނީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް ރާއްޖެ އައި އިންޑިއާގެ އައިސީޖީއެސް ވަޖްރާ ހުކުރު ދުވަހު ފުންކުރެވިފައިވާ ކަމަށެވެ. އެހެންނަަމަވެސް އެ މަނަވަރު ފަރަށް އެރީ ކޮން އިރަކު ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މަންޒަރު ދުށް ފަރާތްތަކުން ބައެއް މީޑިއާތަކަށް މައުލޫމަަތު ދެމުން ބުނީ މަނަވަރު އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފައި ކަމަށެވެ.
ރާއްޖޭގެ ފަރަށް އަރާ އުޅަނދުތަކުން ލިބޭ ގެއްލުން ބަލާ އެސެސްމަންޓް ހެދުމަށްފަހު އީއާރުއޭ އިން އެ އުޅަނދު ޖޫރިމަނާ ކުރަމުން ގެންދެއެވެ. އެހެންނަމަވެސް މި ހާދިސާއާއި ގުޅިގެން އީއާރުއޭ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު