މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ، ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.
ފޯބްސް މެގަޒިންގެ ރިޕޯޓެއްގައި ވާގޮތުން ބިޔޯންސޭ މިހާރު ހިމެނެނީ ޓެއިލާ ސުވިފްޓް، ބްރޫސް ސްޕްރިންގްސްޓީން، ރިއާނާ އަދި އޭނާގެ ފިރިމީހާ ޖޭ-ޒީއާއެކު ބިލިއަނަރުންގެ ލިސްޓުގައެވެ. އޭނާއަކީ މި ލިސްޓުން މަގާމު ހާސިލް ކުރި 5 ވަނަ ލަވަކިޔިންތެރިޔާއެވެ.
އުމުރުން 44 އަހަރުގެ ބިޔޯންސޭގެ މާލީ ކުރިއެރުން އައީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރަކަށް ފަހުގައެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި އޭނާގެ ކަންޓްރީ އަލްބަމް "ކައުބޯއި ކާޓާ" އަށް ވަނީ މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'އަލްބަމް އޮފް ދަ އިޔަރ' ލިބިފައެވެ. މިއީ ކަންޓްރީ އަލްބަމްގެ ކެޓަގަރީން މި އެވޯޑް ކަޅު ނަސްލުގެ އަންހެނަކު ހާސިލުކުރި ފުރަތަމަ ފަހަރެވެ.
ޖުމްލަ 35 ގްރެމީ އެވޯޑާއި 99 ނޮމިނޭޝަނާއެކު، ބިޔޯންސޭއަކީ މިހާރު މި އެވޯޑް ތާރީހުގައި އެންމެ ގިނަ އެވޯޑް ހާސިލުކުރި ފަންނާނެވެ. މީގެ ތެރޭގައި އޭނާގެ ކެރިއަރު ފެށިގެން އައި 'ޑެސްޓިނީސް ޗައިލްޑް' ގްރޫޕާއެކު ހާސިލުކުރި އެވޯޑްތައްވެސް ހިމެނެއެވެ.
ލައިވް ނޭޝަނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ "ކައުބޯއި ކާޓާ ޓުއާ" އިން ވަނީ 400 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ހޯދާފަ އެވެ. މިއީ ކަންޓްރީ މިއުޒިކް ޓުއާއަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިއުޒިކްގެ އިތުރުން ބިޔޯންސޭ ވަނީ ވިޔަފާރީގެ ދާއިރާއިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އަމިއްލަ އަންނައުނާއި އިސްތަށިގަނޑަށް ފަރުވާދޭ ތަކެތީގެ ބްރޭންޑްތައް ބާޒާރަށް ނެރެފައެވެ. އަދި "ސަރ ޑޭވިސް" ވިސްކީ ބްރޭންޑާއެކު ބުއިންތަކުގެ ވިޔަފާރިއަށްވެސް އޭނާ ވަނީ އިންވެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު