މަރްޔަމް ނަހްދާ ވަޙީދު   18 ޖެނުއަރީ 2026 - 3:2
ޑޯން 2 ގައި ޝާހުރުކް-
ޑޯން 2 ގައި ޝާހުރުކް-
ގިނަ ބައެއްގެ މެދުވައި މަގުބޫލުވި "ޑޯން" ފްރެންޗައިޒްގެ 3 ވަނަ ބައިގެ ލީޑުވެސް، ޝާހުރުކް ޚާން އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޑައިރެކްޓަރު ފަރުހާން އަހްތަރުއާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ގެނެސްދެމުން އަންނަ މި ފްރެންޗައިޒްގެ ފުރަތަމަ ދެ ބައިގެ ލީޑުންވެސް ފެނިފައިވަނީ ޝާހުރުކް އެވެ.

އެހެންނަމަވެސް މީގެ ތިން ވަނަ ބައި ފުރަތަމަ ހަދަން ނިންމީ ރަންވީރު ސިންގުއާ އެކުއެވެ. އެހެންނަމަވެސް އޭނަ ފިލްމު ދޫކޮށްލިކަމުގެ ވާހަކަތަކެއް މިދިޔަ އަހަރު ފަހުކޮޅު ވަނީ ދެކެވެން ފަށާފައެވެ.

އެފަހުން ރިތިކް ރޯޝަނަށް ވެސް "ޑޮން 3" ހުށަހެޅިކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު މިހާރު ވަނީ ޝާހުރުކް އަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އޭނަ ފިލްމަށް އެއްބަސްވާނީ ފަރުހާންގެ ބަދަލުގައި "ޑޮން 3" ގެ ޑައިރެކްޝަން އެޓްލީއާ ކުރަން އެއްބަސްވާ ނަމަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެޓްލީ އަކީ ޝާހްރުކްގެ ކެރިއަރުގައި އޭނަ އަށް އަލަށް ނެޝަަނަލް އެވޯޑް ހާސިލުކޮށް ދިން ޑައިރެކްޓަރެވެ.



ކިޔުންތެރިންގެ ހިޔާލު