މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި 2 މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހެނދުނު 08:04 ގައި ބުނެފައިވަނީ "ބަލްމާ 6" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯކްޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ހަމައެއާއެކު އުޅަނދުން 4 މީހުން ދަތުރުކުރި ކަމަށާއި އެތަނުން ދެމީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ވާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތުދީފައެވެ.
"އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން." އެމްއެންޑީއެފުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިޙާދިސާގައި ގެއްލިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު