މިއަދު ބަންޑުންޖަހާލި ބޯޓުން ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ދާދި ދެންމެއަކު ހާމަކޮށްފިއެވެ.
"ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފަ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު ކަމަށެވެ. އަދި ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ދާދިދެންމެއަކު ބުނެފައިވަނީ، ދިވެހިމީހާ ފެނުނުއިރު ވަނީ ނިޔާވެފައި ކަމަށެވެ. މިބޯޓުން 4 މީހުން ދަތުރު ކޮށްފައިވާއިރު 2 މީހުން ވަނީ އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން ސަލާމަތް ކޮށްފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހެނދުނު 08:04 ގައި ބުނެފައިވަނީ "ބަލްމާ 6" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯކްޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު