މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލު،
މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލު،
މާލޭގެ ސަބުދެރިޔާމަގުގައި ހިނގި އެކްސިޑެންޓެއްގައި ކޮންޓްރޯލުން ނެއްޓިގެން ގޮސް ސެލޫނެއްގެ ތެރެއަށް ވަން ސައިކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބުދެރިޔާ މަގު ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 09:16 ހާއިރު ކަމަށެވެ. މި ހާދިސާގައި ދެ ސައިކަލު ޖެހުމަށްފަހު، އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ކައިރީގައި ހުރި ސެލޫނެއްގެ ބިއްލޫރިގަނޑު ފަޅާލައި، ސެލޫންގެ އެތެރެއަށް ވަނީ ވަދެފައެވެ.

ފުލުހުން ބުނި ގޮތުގައި، ކޮންޓްރޯލުން ނެއްޓިގެން ދިޔަ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ނަމަވެސް އެ ކުއްޖާއަށް މާ ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ

ކަމަށާއި، މިހާރު އިތުރު ފަރުވާއަށް އެ ކުއްޖާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު