މަރްޔަމް ނަހްދާ ވަޙީދު   19 ޖެނުއަރީ 2026 - 3:40
ކިންގުގެ ޕޯސްޓަރު-
ކިންގުގެ ޕޯސްޓަރު-
ބޮލީވުޑްގެ ސުޕަސްޓާރ ޝާހުރުކް ޚާންގެ ފިލްމު "ކިންގު" މިއަހަރުގެ ޑިސެމްބަރު 25 ގައި ސިނަމާތަކަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމަކީ ޝާހުރުކްގެ ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމަށް ވުމާއެކު ގިނަ ބަޔަކު ދަނީ މި ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ސިދާތު އާނަންދު ޑައިރެކްޓު ކުރާ މި ފިލްމަކީ އެކްޝަން ތުރިލާ ފިލްމެކެވެ. ފިލްމުގެ އެކްޝަން މަންޒަރުތައް ފަރުމާކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުން ބައިވެރިވާނެ ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހުރުކް އާއި ސުހާނާގެ އިތުރުން ރާނީ މުކަރްޖީ، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލަވަތު ވެސް ހިމެނެއެވެ.

ކިންގުގެ މަސައްކަތްތައް ނުހަނު ހަލުވިކަމާއެކު ކުރިއަށްދާއިރު، ފިލްމު ނެރޭ ތާރީޚު ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު