ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމު ފްރެންޗައިޒް ކަމަށްވާ "ރޭސް" ގެ 4 ވަނަ ފިލްމުން އަކްޝޭ ކަންނާ ނުފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ މި ފިލްމުގެ ކާސްޓުން އަކްޝޭ ފެނިގެން ނުދާނެކަން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ކަށަވަރުކޮށްދީފައި ވާކަަމަށެވެ.
ރޭސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގައި އަކްޝޭ ކަންނާ ކުޅުނު ނުބައިބައި ރޯލަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ރޯލެކެވެ. އެހެންކަމުން "ރޭސް 4" އިއުލާން ކުރުމާއެކު، އޭނާ އެނބުރި އަތުވެދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. ނަމަވެސް، ފިލްމުގެ ސްކްރިޕްޓް މިހާރު ތަރުތީބު ކުރެވިފައިވާ ގޮތުން އޭނާގެ ކެރެކްޓާ ފިލްމަށް ބޭނުން ނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުގެ ހަތަރުވަނަ ބައިގެ ލީޑް ރޯލުން އަލުން ސައިފް އަލީ ޚާން ފެންނާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. ސައިފް އެނބުރި އައުމާއެކު، ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އާއި ޓީމުން ދަނީ ފިލްމުގެ ފުރަތަމަ ދެ ބައިގެ ފޯމިއުލާއަށް ފިލްމު ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާއިރު، ފިލްމުގެ ޑައިރެކްޓަރަކީ ކޮބައިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު