ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ލީޑުން ފެނިގެންދާ ފިލްމު "ބޯޑާ 2" ސިންމާތަކަށް ނެރުމާއެކު ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހުވެސް ވަނީ ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައެވެ.
ފިލްމު ބެލި ގިނަ ބަޔަކު ބުނާ ގޮތުގައި، މިއީ ފުރަތަމަ ބަޔަށްވުރެ ވެސް ފޯރިގަދަ އަދި ގައުމީ ރޫހުން ފުރިގެންވާ ފިލްމެކެވެ. ބެލުންތެރިންގެ ފަރާތުން މި ފިލްމަށް ވަރަށް ރަނގަޅު ރިވިއުތަކެއް ލިބެމުންދާއިރު، ފުރަތަމަ ދުވަހު އެކަނިވެސް މި ފިލްމަށް ވަނީ 30 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.
ލިންކު
މި ފިލްމަށް އޮތް ތަރުހީބު އެންމެ ބޮޑަށް ފެނިގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުންނެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ސަނީ ޑިއޯލްގެ ފޭނުން ވަނީ ގިނަ އަދަދެއްގެ ޓްރެކްޓަރުތަކެއްގައި ފިލްމު ބަލަން ސިނަމާތަކަށް ގޮސްފައެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ އިންޓަނެޓުގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
"ބޯޑަރ 2" ގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ސަނީ ޑިއޯލްގެ އިތުރުން ވަރުން ދަވަން، ދިލްޖީތު ދޯސަންޖް އަދި އަހާން ޝެޓީއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ތެރޭގައި ހިނގާފައިވާ މުހިންމު ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ސިފައިން ގައުމުގެ ދިފާއުގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައި މި ފިލްމުގެ އާމްދަނީ އިތުރަށް އުފުލި، މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓަށް މި ފިލްމު އަރާނެ ކަމަށް ފިލްމީ ދާއިރާގެ މާހިރުންނާ ހަވާލާދީ އެންޑީޓީވީން ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު