ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާންގެ ކުރިއަށް އޮތް އެންމެ އުންމީދީ ފިލްމު "ކިންގ" ސިނަމާތަކަށް އަންނާނެ ތާރީޚު ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އެންޑީޓީވީ އާއި ބޮލީވުޑްގެ ޚަބަރުތައް ފަތުރާ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ މިއަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި ފިލްމަކީ ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ.
ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޝާހުރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން މި ފިލްމުން ބޮޑުސްކްރީނަށް ތައާރަފްވުމެވެ. މީގެ އިތުރުން، ފިލްމުގެ މުހިންމު ރޯލަކުން "މުންޖިއާ" ގެ ތަރި އަބޭ ވަރްމާ ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ލިންކު
ކިންގު ގެ ވާހަކަ ބިނާވެފައިވަނީ ވަރުގަދަ އެކްޝަން އަދި ތުރިލާ ކަންތައްތަކެއްގެ މައްޗަށެވެ. މި ފިލްމުގައި ޝާހުރުކް ޚާން ފެނިގެންދާނީ "އަންޑަވޯލްޑް" ގެ ނުފޫޒުގަދަ މީހެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ މުޅި ވާހަކަ ބިނާވެފައިވަނީ ސުހާނާގެ ކެރެކްޓާއަށް ކުރިމަތިވާ ނުރައްކާތަކަކުން އޭނާ ސަލާމަތްކުރުމަށް ބައްޕަގެ ރޯލުން ފެންނަ ޝާހުރުކް ކުރާ ވަރުގަދަ މަސައްކަތްތަކުގެ މައްޗަށެވެ.
ފިލްމު ކިންގ ނެރޭ ދުވަހަކަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދާއިރު، މިފިލްމަކީ ބޮލީވުޑުގެ އެންމެ މަގުބޫލު ތަރި ޝާހުރުކް އާއި އޭނާގެ ދަރިފުޅު އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމެވެ. އެހެންކަމުން މިއީ ބޮލީވުޑްގައި މިހާތަނަށް އެންމެ ގިނަބަޔަކު އެފިލްމަކަށް އިންތިޒާރުކުރާ ފިލްމަށް ވެގެންދާނެ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު