އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑައިރެކްޓަރު ވިކްރަމް ބަޓް އާއި އޭނާގެ އަންހެން ދަރިފުޅު ކްރިޝްނާ ބަޓްގެ މައްޗާ ފްރޯޑުގެ ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފިއެވެ.
މި މައްސަލަ ވާސޮވާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ ވިޔަފާރިވެރިއެއްގެ ފަރާތުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވިކްރަމް އާއި އޭނާގެ ދަރިފުޅު ވަނީ ސިނަމާއާއި އަދިވެސް އެހެން ތަންތަނުގައި އިންވެސްޓު ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެ ވިޔަފާރިވެރިޔާއަށް ދީ ބޮޑު ސްކޭމް ހިންގާފައެވެ.
އެގޮތުން މި ސްކޭމްގެ ސަބަބުން އެ ވިޔަފާރިވެރިޔާގެ އަތުން 13.5 ކަރޯ ރުޕީސް ގެއްލިފައި ވާކަމަށް އެންޑީޓީވީން ވަނީ ރިޕޯޓު ކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިކޮނޮމިކް އޮފެންސެސް ވިންގުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.
ވިކްރަމްގެ މައްޗަށް މި ނޫންވެސް އިތުރު ފްރޯޑުގެ ތުހުމަތުތަކެއް މިފަހުންވެސް ވަނީ ކުރެވިފައެވެ. މީގެ ކުރިން، 30 ކްރޯޑް ރުޕީސްގެ މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލައަކާ ގުޅިގެން، އުދައިޕޫރުގެ އޭ.ސީ.ޖޭ.އެމް ކޯޓުން ވަނީ ވިކްރަމް އާއި އޭނާގެ އަންހެނުން ޝްވޭތަމްބަރީ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުވެސް ކޮށްފައެވެ. އޭނާގެ އަންހެނުން ދޫކޮށްލިނަމަވެސް، މި މައްސަލައިގައި ވިކްރަމް ބަޓް އަދިވެސް ހުރީ ބަންދުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު