މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު، ޣައިރު ދުސްތޫރީ ބަޔާނެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ރާއްޖޭގެ ނޫހަކުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ މީޑިއާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އެކޮމިޝަނުން އެންގުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ، ސޯޝަލް މީޑިއާއަށް މީޑިއާ ރެގިއުލޭޓް ކުރުމުގެ، ގާނޫނު ނުހިނގާނެ ކަމަށް ބުނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހެދީ ދޮގުކަން މިހާރު ވަރަށް ސާފުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ހަނިކުރަމުން ގޮސް، މިއަދު ފަށާފައިވަނީ އެ ހައްގުތައް އެއްކޮށް ނިގުޅައިގަތުމުގެ މަރުހަލާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، އަސާސީގައިވާ އެއްވެސް ހައްގެއް ހަނިކުރާ ގޮތަށް ހަދާ ކޮންމެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށެވެ. އެހެންކަމުން، ކޮންޓްރޯލް ކޮމިޝަނުން ނެރެފައިވާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އެންގުންތަކަށް އެއްވެސް ރައްޔިތަކު ތަބާވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަމުން އެދަނީ ނުރައްކާތެރި ރޭޓެއްގައި. އެ ގާނޫނަކީ ހުރިހާ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ފާސްކޮށް އަމަލުކުރަމުންދާ ގާނޫނެއްކަން މިއަދު މިވަނީ ހާމަވެފައި." ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް އާންމުވެގެންވާ އެންގުމެއް އެންގުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ދައުރުގެ ބާކީ އޮތް ބައިގައި، ކޮންމެ ދިވެއްސަކު ދައްކާ ވާހަކަ އާއި، ކުރާ ކަންކަމާއި، ލިޔާ ލިޔުންތަކުގެ އިތުރުން ކުރަހާ ކުރެހުންތައް ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ކޮމިޝަނުން ފަހުން ވަނީ އެ އިއުލާން ޑިލީޓު ކުރުމަށް ފަހު އަލުން ޕޯސްޓު ކުރުމަށް ފަހު އަނެއްކާ މިހާރު ވަނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަގާފަ އެވެ. ކޮމިޝަންގެ ފުރަތަމަ އިއުލާނުގައި އޮތް "އެއްވެސް ފަރާތެއްގެ" ބަދަލުގައި ފަހުން ނެރުނު އިޢުލާނުގައި އޮތީ "އެއްވެސް މީޑިއާއަކުން" އެ ކާޓޫނު ދައުރު ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު