ކަލަގޮވުމަކީ ގައުމުތަކުގެ ވެރިން ކުރަށްވަން ވިޔާނުދާކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުއްޤައްޔޫމް މީސްމީޑިއާ އަށް ހޫނު މެސެޖެއް ދޫކޮށްލައްވައިފިއެވެ.
މީސްމީޑިއާގައި ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހި އޮތް ގޮތުގެ ފޮޓޯ އަކާއި މިހާރު އޮތް ގޮތުގެ ފޮޓޯއެއް ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ މީސްމީޑިއާއަށް ދޫކޮށްލަށްވައިފައެވެ. ހަމައެއާއެކު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުން ނިމާލާފައިވާ ކަމަށާއި ދެން އޮތީ ގިރާވަރު ފަޅު ބިން ހިއްކާ ނިންމާލުން ކަމަށެވެ.
ރައީސްގެ އެޓްވީޓަށް މާގިނަ އިރުތަކެއް ނުވަނީސް ރައީސް މައުމޫން ވިދާޅުވީ، ކަލަގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.
"އަމުދުން ޤައުމުތަކުގެ ވެރިން އެކަން ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ކޮންގްރެސް ޕާޓީގެ ފަރާތުން އިއްޔެ ބޭއްވި ކެމްޕޭން ހަރަކާތެއްގައި، ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އެތަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އޭގެއިތުރުން ރައްޔިތުންނާ ސަރުކާރާ ދެމެދަށް އިދިކީލި ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ކައުންސިލް އިންތިހާބުގަައި، ރައްޔިތުންނާއި ސަރުކާރާ ދެމެދަށް ހުރަސް އެޅޭގޮތަށް، ސިޔާސީ ސަކަރާތް ޖެހުމަށާއި، ސިޔާސީ ޖަގަޑާ ހެދުމަށް ފުރުސަތު ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ކަލަގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް. އަމުދުން ޤައުމުތަކުގެ ވެރިން އެކަން ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް.
— Maumoon Abdul Gayoom (@maumoonagayoom) January 25, 2026
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ކޮންގްރެސް ޕާޓީގެ ފަރާތުން އިއްޔެ ބޭއްވި ކެމްޕޭން ހަރަކާތެއްގައި، ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އެތަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އޭގެއިތުރުން ރައްޔިތުންނާ ސަރުކާރާ ދެމެދަށް އިދިކީލި ވިސްނުންތަކެއް ވެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ކައުންސިލް އިންތިހާބުގަައި، ރައްޔިތުންނާއި ސަރުކާރާ ދެމެދަށް ހުރަސް އެޅޭގޮތަށް، ސިޔާސީ ސަކަރާތް ޖެހުމަށާއި، ސިޔާސީ ޖަގަޑާ ހެދުމަށް ފުރުސަތު ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު