ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ތައްޔާރުކުރާ އާ ފިލްމެއްގެ ބަތަލަކަށް މަޝްހޫރު އެކްޓަރު އަދިތިޔާ ރޯއި ކަޕޫރު ހަމަޖައްސައިފިއެވެ.
މި ފިލްމު އުފެއްދުމަށް ނިންމާފައިވަނީ ވަރަށް ބޮޑު ބަޖެޓަކުން ކަމަށާއި، އަދި މިއީ ދަރްމާ ޕްރޮޑަކްޝަނުން މިފަހަކަށް އައިސް އުފައްދާ އެންމެ ތަފާތު އެއް ފިލްމަށް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
"ބޮލީވުޑް ހަންގާމާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމަކީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ހޮރޯ ތުރިލާ" އެކެވެ.
މި ފިލްމުގައި އަދިތިޔާގެ އިތުރުން ފެނިގެންދާނެ އެހެން ތަރިންނާއި، ފިލްމު ޑައިރެކްޓް ކުރާނެ ފަރާތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މޭ މަހު ޝޫޓިން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
ކަރަން ޖޯހަރާއި އަދިތިޔާ ރޯއި ކަޕޫރު މީގެ ކުރިންވެސް ވަނީ "އޯކޭ ޖާނޫ" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ. ނަމަވެސް މިއީ ބިރުވެރި ފިލްމަކުން މި ދެ ފަރާތް އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު