ކިޔެވުމަކީ ކޮންމެ ކުއްޖެއްގެވެސް މުސްތަގުބަލާ ގުޅިފައިވާ އެންމެ މުހިންމު މަސައްކަތެވެ. ނަމަވެސް، ގިނަ ފަހަރަށް ފޮތް ހުޅުވައިގެން ކިޔަވަން އިށީންނަ އިރު، އެކި ކަންކަމަށް ސަމާލުކަން ހުއްޓި، ކިޔަވަން އުނދަގޫވާ ފަހަރު އާދެއެވެ. މިއީ ވަރަށް ގިނަ ދަރިވަރުންނަށް ދިމާވާ ގޮންޖެހުމެކެވެ. ތިރީގައި މި ހިމަނާލަނީ ކިޔެވުމުގެ ތެރެއިން ސަމާލުކަން ގެއްލޭނަމަ، އެކަން ހައްލުކުރުމަށް ކުރެވިދާނެ ބައެއް މުހިންމު ކަންތައްތަކެވެ.
އެންމެ ފުރަތަމަ ކަމަކަށް، ކިޔަވަން އިންނަ މާހައުލަކީ ހަމަހިމޭން އަދި ތަރުތީބު ތަނަކަށް ހަދަންވާނެއެވެ. ގަދަ އަޑުގަދަތަނުގައި ނުވަތަ މީހުން ގިނައިން ހަރަކާތްތެރިވާ ތަންތަނުގައި ކިޔަވަން އިނުމަކީ ސަމާލުކަން ގެއްލެން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން، ގޭގެ ހަމަހިމޭން ކަނެއް ނުވަތަ ކިޔަވަން ހާއްސަ މޭޒެއް ބޭނުންކުރުން މުހިންމެވެ. މޭޒުމަތީގައި ހަމައެކަނި އެވަގުތަކު ކިޔަވަން ބޭނުންވާ ފޮތްތަކާއި ސާމާނު ބެހެއްޓުމަކީ ސިކުނޑި އެހެން ކަންކަމަށް ފޯކަސްކުރުން ކުޑަކޮށްދޭނެ ކަމެކެވެ.
މި ޒަމާނުގައި ކިޔެވުމަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއްޗަކީ ފޯނާއި ސޯޝަލް މީޑިއާއެވެ. ކިޔަވަން ފެށުމުގެ ކުރިން ފޯނު ނިއްވާލުން ނުވަތަ ކިޔަވާ ތަނާ ދުރުގައި ބޭއްވުން ބުއްދިވެރިއެވެ. ނޮޓިފިކޭޝަންތަކުގެ އަޑު އިވުމަކީ ސިކުނޑީގެ ސަމާލުކަން އެކަމަށް ދަމައިގަންނަ ކަމެކެވެ. ކިޔަވާ ވަގުތުތަކުގައި އިންޓަރނެޓްގެ ބޭނުން ކުރަންޖެހޭނަމަ، ހަމައެކަނި ކިޔެވުމާ ގުޅުންހުރި ސައިޓްތަކަށް ވަނުމަށް އަމިއްލަ ނަފްސަށް ބާރުއަޅަންވާނެއެވެ.
ކިޔަވާނެ ތާވަލެއް އެކުލަވާލައި، ކިޔަވަން ބޭނުންވާ މާއްދާތައް ކުދި ބައިތަކަށް ބަހާލައިގެން ކިޔެވުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އެއްފަހަރާ ގިނަ އިރު ކިޔެވުމުގެ ބަދަލުގައި، 'ޕޮމޮޑޯރޯ' އުކުޅު (މިސާލަކަށް 25 މިނެޓު ކިޔެވުމަށްފަހު 5 މިނެޓުގެ ބްރޭކެއް ނެގުން) ބޭނުންކުރެވިދާނެއެވެ. މިގޮތަށް ކުރު ބްރޭކްތައް ނެގުމަކީ ސިކުނޑި ތާޒާކޮށް ބެހެއްޓުމަށާއި، ކިޔަވާ އެއްޗެއް ދަސްވުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ސިއްހަތަށް ބެލުމަކީވެސް ސަމާލުކަން އިތުރުކޮށްދޭ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމާއި، ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ފުރިހަމަ ނިދި ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދި މަދުވުމަކީ ސަމާލުކަން ދިނުމަށް ހުރަސްއަޅާ އަދި ހަނދާން ބަލިކޮށްދޭ ކަމެކެވެ. ވީމާ ކިޔެވުމުގައި ކުރިއަރައިގެން ދާން ބޭނުންވާނަމަ މިކަންކަމަށް ސަމާލުވާން ޖެހެއެވެ. ރަސްއޮންލައިންގެ ފަރާތުން އެދެނީ ކުރިއަށް އޮތް ދުވަސްތަކަކީ އަޅުގަނޑުމެންގެ ކިޔަވާކުދީންނަށް ކުރިމަގު އުޖާލާ ފާގަތި ދުވަސްތަކެއް މާތް ﷲ މިންވަރު ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު