އިންޑިއާގެ ފިލްމީ ތާރީޚުގައި ބޮޑު ކާމިޔާބީއެއް ހޯދި "ދުރަންދަރު" ގެ ސީކުއެލް "ދުރަންދަރު: ދަ ރިވެންޖް" މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރާނެކަން އިއުލާނުކޮށް، ފިލްމުގެ ފުރަތަމަ ޓީޒާ އާއި ޕޯސްޓަރު ހޯމަ ދުވަހު އާންމުކޮށްފިއެވެ.
އަދިތްޔާ ދަރު ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ފުރަތަމަ ބައިގައިވެސް އަންޑަކަވަރ އެޖެންޓް ހަމްޒާ އަލީ މަޒްހާރީގެ ރޯލުން ބެލުންތެރިން ސިއްސުވާލި ރަންވީރު ސިންގެވެ. ހޯމަ ދުވަހު ނެރުނު ޓީޒާގައި ރަންވީރު ފެންނަނީ ޕާކިސްތާނުގެ ކަރާޗީގެ އަވަށެއް ކަމަށްވާ ލިޔާރީގެ މަގުތަކުގައި ހަލަބޮލިކަން ހިންގާ، ރަހުމުކުޑަ މީހެއްގެ ގޮތުގައެވެ. މަދު ޑައިލޮގްތަކަކާއެކު، ފިލްމުގެ ވަރުގަދަ މަންޒަރުތަކާއި ރަންވީރުގެ އިންޓެންސް އެކްޓިންއަށް މި ޓީޒާގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ.
2025 ވަނަ އަހަރު ނެރުނު "ދުރަންދަރު" ގެ ފުރަތަމަ ބަޔަކީ އިންޑިއާއިން އެކަނި 1000 ކްރޯޑަށް ވުރެ ގިނަ ރުޕީސް އަދި ދުނިޔޭގެ ބާޒާރުން 1300 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދި ކާމިޔާބު ފިލްމެކެވެ. ނަމަވެސް، 26/11 ގެ މުމްބާއީ ހަމަލާއަކީ ޕާކިސްތާނުން ރާވައިގެން ދިން ހަމަލާއެއްގެ ގޮތުގައި ދައްކާތީ، ގަލްފުގެ ގިނަ ގައުމުތަކެއްގައި ފުރަތަމަ ބައި ސިނަމާތަކުގައި ދެއްކުން މަނާކުރިއެވެ. އެހެންނަމަވެސް، ނެޓްފްލިކްސް މެދުވެރިކޮށް އޯޓީޓީގައި ރިލީޒްކުރި އިރު ގަލްފް ސަރަހައްދަށް ވަނީ ފިލްމު ދޫކޮށްލާފައެވެ.
މި ސީކުއެލްގައި ރަންވީރުގެ އިތުރުން ސަންޖޭ ދަތު، އަރްޖުން ރަމްޕަލް އަދި އާރް މަދަވާން ފަދަ ތަރިން ފެނިގެންދާނެއެވެ. އަދި ފުރަތަމަ ބައިގެ އެންމެ މުހިންމު އެއް ކެރެކްޓަރ ކަމަށްވާ އަކްޝޭ ކަންނާ، ފުރަތަމަ ބައިގައި މަރުވި ނަމަވެސް، މި ބައިން އަލުން ފެނިދާނެތޯ މީސް މީޑިއާގައި ދަނީ ބޮޑު ބަހުސެއް ކުރެވެމުންނެވެ.
ޕްރޮޑަކްޝަން ހައުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ފިލްމު ހިންދީ، ޓެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ޕޭން-އިންޑިއާ ފިލްމެއްގެ ގޮތުގައި ރިލީޒްކުރާނީ 19 މާރޗް 2026 ގައެވެ. މިއީ މިއަހަރުގެ ފިތުރު އީދުގެ އެއް ދުވަސް ކުރިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ހަމަ މި ތާރީޚުގައި ކަންނާޑާ ތަރި ޔާޝްގެ ފިލްމު "ޓޮކްސިކް" ވެސް ރިލީޒްކުރަން ކުރިން ތާވަލުކޮށްފައި އޮތުމެވެ. އެއް ތާރީޚެއްގައި މި ދެ ބޮޑު ފިލްމު ރިލީޒްކުރުމަކީ ވިޔަފާރީގެ ގޮތުން ދެ ފިލްމަށްވެސް ބޮޑު ލޮޅުމެއް އަރާނެ ކަމެއް ކަމަށް ފިލްމީ މާހިރުން ލަފާކުރެއެވެ. އެހެންކަމުން، މި ދެ ފިލްމާ ވާދަައަށް އެހެން އެއްވެސް ފިލްމެއް އެ ތާރީޚުގައި ނެރުމަކީ ނާދިރު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު