ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން، އެމީހުންގެ އުމުރާ ގުޅުންހުރި ރޯލުތަކުން ފެންނަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް އެކްޓަރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ޝޯޝާ އަށް ދިން އިންޓަވިއުއެއްގައި އިމްރާން ޚާން ބުނީ، މި ތިން ތަރިންނަކީ ބޮލީވުޑްގައި ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން ސިނަމާގައި ރަސްކަން ކުރަމުންދާ ފަރާތްތަކެއް ކަމަށެވެ. ނަމަވެސް، މިހާރު އެމީހުންގެ އުމުރަށް ބަލައި، ޒުވާން އުމުރުގެ ރޯލުތަކަށްވުރެ ބޮޑަށް، ތަޖުރިބާކާރު އަދި ހަރުދަނާ ރޯލުތަކަށް އިސްކަންދޭން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އިމްރާން ބުނީ ހޮލީވުޑްގެ އެކްޓަރުންނަށް ބަލާއިރު، އުމުރުން ދުވަސްވުމުން އެމީހުން ކުޅޭ ރޯލުތަކަށް ބަދަލުތަކެއް ގެންނަ ކަމަށެވެ. މިސާލަކަށް ބައްޕައެއްގެ ރޯލު ނުވަތަ މުޖުތަމައުގައި އިހުތިރާމް ލިބިގެންވާ ހަރުދަނާ މީހެއްގެ ރޯލު ކުޅުމަކީ އެމީހުންގެ މަގުބޫލުކަން ކުޑަވާނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މި ތިން ޚާނުންނަކީ ވަރަށް ހުނަރުވެރި ބައެއް. އެމީހުން އުމުރާ ގުޅޭ ރޯލުތައް ކުޅެން ފެށުމުން، ޒުވާން އެކްޓަރުންނަށް ވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ" އިމްރާން ޚާން ވަނީ ބުނެފައެވެ.
ސިނަމާގެ އޯޑިއަންސް މިހާރު ބަދަލުވަމުންދާއިރު، ބެލުންތެރިން ބޭނުންވަނީ ހަގީގަތާ އެއްގޮތް ވާހަކަތަކާއި ކެރެކްޓާތައް ފެނުމަށް ކަމަށް އިމްރާން ފާހަަގަކުރިއެވެ. އެހެންކަމުން، ބޮލީވުޑްގެ އެންމެ އުހުގައި ތިބި މި ތަރިން އެ ބަދަލު ގެނައުމަކީ މުޅި ސިނަމާއަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު